ވިޔަފާރި

ސަދަރން މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަމަހުގެ 1 ން 3 ށް ބޭއްވުމަށް ހަމަޖެހިފައިވާ ސަދަރން މޯލްޑިވްސް ބިޒްނަސް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި ޓައިޓެން މޯލްޑިވްސް ގުޅިގެން އިންތިޒާމުކުރާ މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯއަކީ ކުދި ފަންތީގެ ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރި ކުރިއަރުވައި މާކެޓްކުރުމުގެ މަޤްސަދުގައި ބާއްވާ އެކްސްޕޯއެކެވެ.

އެކްސްޕޯގައި ވިޔަފާރި ދާއިރާގައި ހަރަކާތްތެރިވާ 10 ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ބައިވެރިވާ ކޮންމެ ފަރާތަކުން 2000 ރުފިޔާ ދައްކަންޖެހޭކަމަށް އެކްސްޕޯ އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. އަދި ބައިވެރިވާ ތަރުތީބުން ވިޔަފާރިތަކަށް ފުރުސަތު ލިބޭނެކަމަށްވެސް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެއެވެ.

މީގެ އިތުރުން ރަޖިސްޓްރީކުރާ ތަރުތީބުން ކޮންމެ 5 ފަރާތަކުން އެއް ބޭފުޅަކަށް އެކްސްޕޯ އޮންނަ މުއްދަތުގައި އެކޮމޮޑޭޝަން ހަމަޖެހިގެންދާނެކަމަށް ވެސް އެކްސްޕޯ އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި 25 އާއި ހަމައަށް ހުޅުވާލާފައިވާއިރު ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ އޮފީހުންނާއި ރާއްޖޭގެ އެކި ސަރަޙައްދުގައި ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުން އެކްސްޕޯގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމް ލިބެން ހުންނާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close