ޚަބަރު

ޖޭޕީގެ އިސްމަޤާމްތަކަކަށް ބޭފުޅުން އިންތިޚާބުކޮށްފި

ޖުމްހޫރީ ޕާޓީގެ އިސްމަޤާމްތަކަކަށް ބޭފުޅުން އިންތިޚާބުކޮށްފިއެވެ. އެގޮތުން ރޭ ބޭއްވި އެ ޕާޓީގެ 131 ވަނަ ކައުންސިލް ބައްދަލުވުމުގައި  އެޕާޓީގެ ނައިބް ރައީސަކަށް އިންތިޚާބު ކޮށްފައިވަނީ ޕާޓީގެ ކުރީގެ ރަޖިސްޓްރާރ އަޙްމަދު ސައުދު އެވެ.

އިސްތިއުނާފު ކޮމެޓީގެ ޗެއާކަމަށް މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު އަދި އިސްލާމީ ވަހުދަތުގެ ކޮމެޓީގެ ޗެއާއަކަށް ކެޔޮދޫ ދާއިރާގެ ކުރީގެ މެމްބަރު ޝައިޚް މޫސާ ނިޒާރު ވެސް ވަނީ ރޭ އިންތިޚާބުކޮށްފައެވެ.

މީގެ އިތުރުން ރޭގެ ބައްދަލުވުމުގައި ވަނީ މީގެ ފަހުން ބާއްވާ އިންތިޚާބުތަކުގައި ޖޭޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ ޕްރައިމަރީއަކުންކަމަށް ފާސްކޮށްފައެވެ.

ޖޭޕީގެ ނައިބް ރައީސްގެ މަޤާމް ހުސްވީ އެ މަޤާމުގައި ހުންނެވި ޑރ. ޢަބްދުﷲ މައްޞޫމް، ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ހަމަޖެއްސެވުމުންނެވެ.

ޖޭޕީގެ ލީޑަރަކީ އަދި އެޕާޓީގެ އެންމެ އިސްވެރިޔާއަކީ އަދިވެސް ، އެޕާޓީ އުފެދުނީއްސުރެ އެމަޤާމް ފުރުއްވަމުން ގެންދަވާ މަހުޖަނު ޤާސިމް އިބްރާހިމްއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close