ވާހަކަ

ސީނުން- ސްކޫލް

(ކުޑަކުދިންގެ ވާހަކަ 27)

ސީމާ ސްކޫލަށް ދާން ހޭލެވުނީ ސޯނާގަޑީގެ އަޑުއިވުމުންނެވެ. އޭނާ ފެންވަރަށް ވަނެވެ. ފާޚާނާގައި އިން ސައިބޯނިފުޅި އިނީ ހުސްވެފައެވެ.  ސީމާ މަންމައަށް ގޮވާފައި ސައިބޯނި ހުސްވި ވާހަކަ ބުންޏެވެ. ސީމާ ބޮލަށް ޝޭމްޕޫ އެޅިއެވެ. މަންމަ ކޮޓަރިން ސައިބޯނި ގެނެސްދިނެވެ. އޭރު މަންމަ އުޅެނީ ބަދިގޭގައި ސައިތައްޔާރުކުރާށެވެ. ސައިކުރަޔަށް ސައިފަތް އެޅިއެވެ. އަދި ސައިތައްޓަށް ސައި އެޅުމަށްފަހު ހަކުރު އަޅާ ސަމުސަލުން ގިރާލިއެވެ. 

   ސީމާ ޔުނީފޯމް ލިޔެވެ. އަދި ސެންޓް ޖެހިއެވެ. އޭރު ކޮއްކޮ އުޅެނީ ޔުނީފޯމުގެ ސޯޓް ގެއްލިގެންނެވެ. ގަޑިޖެހޭތީ ސީމާއާއި އޭނާގެ ކޮއްކޮ ސްކޫލަށް ދިޔައީ ސައިކަލުގައެވެ. އޭރު ކުދިންތައް އެސެމްބުލީ ސަފަށް އަރަނީއެވެ.  ކުލާހުގައި މިއަދު ކިޔަވައިދިނީ ޖަނަވާރުންގެ ފިލާވަޅެކެވެ. އޭގެ ތެރޭގައި ސިންގާއާއި ސާރިދޯޅު، ހިޔަޅާއި މިނިކާވަގުގެ ވާހަކަ ކިޔައިދިނެވެ.

   އިންޓަވަލް ގަޑިއަށް ގެއަށް އައީވެސް ސައިކަލުގައެވެ. އޭރު މަންމަ ހުރީ ސަންނެޓި ކައްކާފައެވެ. އަދި ސްޓޯބެރީ ޖޫސްތައްޓެއް މޭޒުމަތީ ހުއްޓެވެ. 

 (ނިމުނީ)

 ވާހަކަ ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދޭށެވެ!

  1.  ސީމާއަށް ހޭލެވުނީ ކީއްވެ؟
  2.   ސީމާ ރީތިވާން ބޭނުންކުރީ ސީނު އަކުރުން ފެށޭ ކޮން އެއްޗެއް؟
  3.  ސީމާގެ ކޮއްކޮ އުޅުނީ ކޮން އެއްޗެއް ގެއްލިގެން؟
  4.  ވާހަކަގައި ހުރި ސީނު އަކުރުން ފެށޭ އެއްޗިހީގެ ނަންތައް ލިސްޓްކުރޭ!
  5.   ސައިކަލުގައި ސީމާމެން ސްކޫލަށް ދިޔައީ ކީއްވެ؟

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close