ޚަބަރު

އޯލެވެލް ގަދަ ދިހަޔަކަށް އެވޯޑް ދިނުން ސެޕްޓެމްބަރ 12 ގައި

މިދިޔަ އަހަރުގެ ޖީސީއީ އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑުދިނުމަށް ބާއްވާ ޚާއްސަ ޖަލްސާ އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ ގަދަ ދިހައަކަށްދާ ދަރިވަރުންނަށް އެވޯޑު ދިނުމަށް ބާއްވާ ޖަލްސާ އޮންނާނީ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުކަމަށެވެ. މިއަހަރުގެ އެވޯޑު ޙަފްލާގައި 75 ސްކޫލަކުން 400 އަށް ވުރެ ގިނަ ދަރިވަރުން އެވޯޑު ޙާސިލުކޮށްފައިވާކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

އަދި މުޅި ދުނިޔޭގެ ގަދަ ދިހައެއްގައިވެސް ދިވެހި ގިނަ ކުދިންތަކެއް ހިމެނިގެން ގޮސްފައިވާކަމެއް މިނިސްޓްރީން ވިދާޅުވެއެވެ. މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ހަތަރުހާސް ފައްސަތޭކަ ހަތްދިހަ އެއް ދަރިވަރުން ބައިވެރިވެފައިވާއިރު ބީޓެކާއި ދަސްވާރު ޕްރޮގްރާމްގައި އަށްސަތޭކަ ފަސްދޮޅަސް ދެ ދަރިވަރުންވަނީ ބައިވެރިވެފައެވެ.

ގަދަ ދިހައެއްގައި ވާދަކުރާ ދަރިވަރުންގެ ޢަދަދު އިތުރުވެ މުޅި ދުނިޔޭގެ ގަދަ ދިހައެއްގައި ވާދަކުރަމުން އަންނަ ކުދިންގެ ޢަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރުވެސް ރާއްޖޭގެ 21 ސްކޫލަކުން 300 އަށް ވުރެ ގިނަ ދަރިވަރުންވަނީ ގަދަދިހައެއްގެ އެވޯޑު ޙާސިލުކޮށްފައެވެ. ގަދަ ދިހައެއްގައި އެވޯޑު ދޭ އުސޫލު މިދިޔަ އަހަރުން ފެށިގެންވަނީ މުރާޖާކޮށް އަލުން ބަދަލުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close