ޚަބަރު

ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ ކުދިންނަށް ޕްރޮގްރާމެއް ހިންގައިފި

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ސަރުކާރުން ބަލަހައްޓަމުން ގެންދާ ކުދިންނަށް އެއް ދުވަހުގެ ޕްރޮގްރާމެއް ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ހިންގައިފިއެވެ.

މި ޖޫން މަހުގެ 15 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފޭސްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ހުޅުމާލެ ފިޔަވަތީގައި ތިބި ކުދިންގެ ހިތްހަމަޖެއްސުމަށާއި އެކުދިންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް ފުލުހުންނާއެކު އުފާވެެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި އެކުދިންނާ ގުޅޭ އިލްމީ ގިނަ ހަރަކާތްތަކާއި، ޓީމް ބިލްޑިންގ ހަރަކާތްތަކެއްގެ އިތުރުން ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އެކުދިންގެ ކަންކަން ބެލެހެއްޓުމަށް ހަވާލުވެފައިވާ މުވައްޒަފުންނާ ގުޅޭ ހަރަކާތްތަކެއް ހިންގާފައިވެއެވެ.

މި ޕޮރްގުރާމްގައި، ހުޅުމާލޭ ޕޮލިސް ސްޓޭޝަނުގެ މުވައްޒަފުންނާއި ހުޅުމާލޭގެ ނެއިބަރ ހުޑް ސަޕޯރޓް އޮފިސަރުންނާއި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ އިތުރުންފިޔަވަތީގައި މަސައްކަތްކުރާ ސީނިއަރ މެނޭޖްމަންޓުގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން، ކުށްމަދު ކުރުމާއި ފުރާވަރުގެ ކުދިން ހޭލުންތެރިކޮށް ފުލުހުންނާ އޮންނަ ގުޅުން ހަރުދަނާކުރުމުގެ ގޮތުން ސިލްސިލާކޮށް ތަފާތު ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ދަނީ ހިންގަމުންނެވެ.

(ޕޮލިސްލައިފް)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close