ކަރަން ޖޯހަރުގެ “ގުޑް ނިއުސް” ސެޕްޓެންބަރ ފެންނާނެ!
ބޮލީވުޑްގެ ކާމިޔާބު އެކްޝަން ފިލްމުތަކާއި ލޯބީގެ ހެއްވާ މަޖާ ފިލްމުތަކުން ގިނަ ބައެއްގެ މަޤްބޫލުކަން ހޯދައިފައިވާ އަކްޝޭ ކުމާރު ހަރަކާތްތެރިވާ މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ކަރަން ޖޯހަރެވެ. ފިލްމު “ގުޑް ނިއުސް” މިއަހަރުގެ ސެޕްޓެންބަރު މަހުގެ 6 ވަނަ ދުވަހު ސިނަމާތަކުގައި ދެއްކުމަށްވަނީ ހަމަޖެހިފައެވެ.
މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ރާޖް މެހެތާ އެވެ. ފިލްމުގެ ސޫޓިން ނިމުމާއި ގުޅިގެން އަކްޝޭ ކުރި ޓްވީޓުގައި ބުނެފައިވަނީ ޝޫޓިން ކާމިޔާބު ކަމާ އެކީ ނިންމާލެވިފައިވާ ކަމަށާއި ފިލްމުގެ މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ.
އަކްޝޭގެ ހައުސްފުލްގެ ފިލްމުތަކަށް ފަހު އެނާގެ ކޮމެޑީ ނުވަތަ ހެއްވާމަޖާ ފިލްމަކަށް ބެލުންތެރިން ވަނީ ކެތްމަދުވެފައެވެ. “ގުޑް ނިއުސް” ގައި އަކްޝޭއާއި އެކު ހަރަކާތްތެރިވަނީ ކަރީނާގެ އިތުރުން ދިލްޖީތު ދީސާންޖް އަދި ކިއާރާ އަދުވަނީ ވެސް މުހިންމު ރޯލަކުން ފެންނާނެއެވެ. ހައުސްފުލްއާއި ޚިލާފަށް “ގުޑް ނިއުސް”ގެ ވާހަކަ ބިނާކޮށްފައި ވަނީ ދަރިއަކު ހޯދުމަށް މަސައްކަތް ކުރާ ދެމަފިރިއެއްގެ ދިރިއުޅުމުގެ މައްޗަށް ކަމަށް ރިޕޯޓަށް ބުނެއެވެ.

އެ ފިލްމަކީ މަޖާ ފެމެލީ ޑްރާމާއެކެވެ. އަކްޝޭ އާއި ކަރީނާގެ އިތުރުން، “ގުޑް ނިއުސް” ގައި މުހިންމު ރޯލުތަކުން ދިލްޖީތު ދޯސާންޖް އަދި ކިއާރާ އަދްވާނީ ވެސް ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ކަރީނާގެ ދަރިފުޅު ތައިމޫރު ވެސް ހާއްސަ ފެނިލުމަކުން ފެނިގެންދާނެއެވެ.
އަކްޝޭ އާއި ކަރީނާ އެކު ކުޅެފައިވާ ފިލްމްތަކަކީ ކާމިޔާބު ރީތި ފިލްމުތަކެކެވެ. އޭގެ ތެރޭގައި “ދޯސްތީ: ފުރޭންޑްސް ފޯއެވަރ” އާއި “އަޖްނަބީ” އާއި “އެއިތްރާޒް” އާއި “ބޭވަފާ” އާއި 2008 ވަނަ އަހަރުގެ ނިކުން “ތަޝަން” އާއި 2009 ވަނަ އަހަރު “ކަމްބަޚްތު އިޝްގް” ފާހަގަ ކޮށްލެވެއެވެ.
