ތަފާތު ފިލްމެއް އުފެއްދުމަށް ޝާހްރުކްޚާން ޚިޔާލުދީފި!
އިންޑިޔާއާއި ޗައިނާގެ ސްޕަރހީރޯ ފިލްމެއް ސްކްރީނަށް އައުމަކީ ވަރަށް ރަނގަޅު ކަމެއް ކަމުގައި ފިލްމީ ތަރި ޝާހްރުކް ބުނެފިއެވެ.
ބޮލީވުޑްގެ މަޝްހޫރު ސުޕަރސްޓާރ ޝާހްރުކްޚާން އޭނާގެ ސަޕޯޓަރުންނަށް އުއްމީދު އާވާފަދަ ފިލްމުގެ ޚިޔާލެއް ހުށަހަޅައިފިއެވެ. ޗައިނާގައި އޮތް ‘ބެއިޖިން އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްގައި’ އެނާގެ ‘ޒީރޯ’ ފިލްމުގެ ބައިވެރިކުރުމަށް ގޮސް އޭނާ ދިން މި ޚިޔާލަކީ އިންޑިޔާއާއި ޗައިނާގެ ސަޤާފަތް ގުޅުވާލުމަށް މަގުފަހިވެގެންދާނެ ގޮތެއް ކަމުގައި އެނާ ދެކެއެވެ.އަދިހަމައެހެންމެ އާއިލީ ގުޅުންތަކުގެ މައްޗަށް ބިނާކޮށް ފިލްމެއް ތައްޔާރުކުރުމަށް އޭނާވަނީ ހުށަހަޅާފައެވެ.
އިންޓަވިއަށް މަޢުލޫމާތު ދެމުން އޭނާ ބުނެފައިވަނީ، ފަހަރެއްގައި އަހަރެމެން އިންޑިޔާއި ޗައިނާގެ ސްޕަރހީރޯ ފިލްމެއްގެ މަސައްކަތް ކުރެވިދާނެ. އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެ.”

ޕީޓީއައި ގެ ރިޕޯޓުގައި ޝާހްރުކް ބުނެފައިވަނީ ” އަހަރެމެން ފިލްމެއްގެ މަސައްކަތް ކުރާނަމަ ހުރިހާ އެންމެނަން އަމާޒުވާފަދަ ހުރިހާ ފަރާތްތައްވެސް ބޭނުންވާފަދަ ފިލްމެއް ތައްޔާރުކުރަން ވެއްޖެ. އިންޑިޔާ ޗައިނާ ކޯޕްރޮޑަކްޝަން އިން އުފައްދަން ޖެހޭނީ ހަމައެކަނި އަގުބޮޑެތި ފިލްމްތަކެއް ނޫން. އޭގެ ބަދަލުގައި ރަނގަޅު ވާހަކައެއްގެ މައްޗަށް ފިލްމް އުފެއްދި ދާނެ. އެ ފިލްމެއްގައި އާއިލީ ގުޅުންތަކާއި އަހަރެމެންގެ ސަޤާފަތާއި އަހަރެމެންގެ އިޙްސާސްތައް ހިމަނައިގެން ފިލްމެއް ތައްޔާރުކުރެވިދާނެ. އެ ފިލްމުގެ ޒަރީޔާއިން މެސެޖެއް ފޯރުކޮށްދެވިދާނެ. ސަބަބަކީ މިޤައުމުގައި އަހަރެމެން ދެ ބައި މީހުން މިވަނީ ނަފްސާނީގޮތުން ގުޅިފަކަމަށްވަތީއެ. ”

ފާހަގަކޮށްލެވުނު އަނެއްކަމަކީ ޝާހްރުކްޚާނަކީ ބޮޑުވެގެން އައިއިރު ޗައިނާގެ ކަންގފޫ ފިލްމުތަކަށް ޝައުޤުވެރިކަން ހުރި މީހެއްކަމުގައި ވެފައި، އަދި އޭނާ ޗައިނީސް ޕްރޮޑަކްޝަންގައި އޭނާގެ ކޮންމެވެސް ހިއްސާއެއްވުމަކީ އޭނާ ބޭނުންވާ ކަމެއް ކަމުގައި ރިޕޯޓްގައި ބުނެފައިވާ ކަމެވެ.