ޚަބަރު

ވާނުވާ ޖަހާފައި ޖަލުގައި ބެހެއްޓުމަކީ އެއްވެސް ވަރަކަށް ގަބޫލުފުޅު ކުރައްވާކަމެއް ނޫން – ޤާސިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލަން ޖެހޭކަމަށާއި، ވާނުވާ ޖަހާފައި ޖަލުގައި ބެހެއްޓުމަކީ އެއްވެސް ވަރަކަށް ގަބޫލުފުޅު ކުރައްވާކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ޖޭޕީގެ ޓިކެޓުގައި ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް، އަލްހާން ފަހުމީގެ ކެމްޕޭނު ރަސްމީކޮށް ފެށުމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ފުލުހުން އިންޓެލިޖެންސް ރިޕޯޓް ހަދާގޮތް އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެމަނިކުފާނުގެ ކުރިފުޅުމަތީގައި ދެ ފުލުހަކު ރިޕޯޓު ހަދައި ދޮގު ހުވާކޮށް ބަޔާން ދިން ކަމުގައިވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އަނިޔާވެރި ނުވާނެ ކަމަށްބުނެ ރައީސް ޔާމީން ޖަލަށް ލައިގެން ނުބޭންދޭނެ ކަމަށެވެ. ދޫކުރުމަށް ތަކުރާރުކޮށް ގާސިމް ގޮވާލެއްވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ ރަނގަޅަސް އަދި ނުބަޔަސް ގައުމަށް އެހާ ބޮޑެތި ހިދުމަތްތަކެއް ކޮށްދީފައިވާ ބޭފުޅުން އެގޮތަށް ޖަލަށް ލައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ކުށް ސާބިތުވެއްޖެ ނަމަ ޖަލަށް ލުމުގައި މައްސަލައެއް ނެތްކަމުގައިވެސް ގާސިމް ވިދާޅުވިއެވެ.

މިއީ ރައީސް ޔާމީން ދޫކޮށްލަން ގާސިމް ފާޅުގައި ގޮވައިލެއްވި ފުރަތަމަ ފަހަރެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ގާސިމް ޖަލަށް ލާފައިވާއިރު ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައީ ގާސިމްވެސް ހިމެނޭ ކޯލީޝަނަކުންނެވެ. ނަމަވެސް ގާސިމްގެ ބަސްމަގު މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވާން ފަށާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close