ޚަބަރު

ނ.ވެލިދޫ ޕާތު އޮފް އިސްލާމް ޖަމްޢިއްޔާގެ އޮފީސް އިއްޔެ ހުޅުވައިފި

ނ.ވެލިދޫގައި ހިންގަމުން އަންނަ ދީނީ ޖަމްޢިއްޔާ ޕާތު އޮފް އިސްލާމް ގެ އޮފީސް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.

އިއްޔެ މި އޮފީސް ހުޅުވައިދެއްވީ މިހާރު އެރަށަށް ދީނީ ދަރުސް ޕްރޮގުރާމެއް ކުރިޔަށް ގެންދެވުމަށްޓަކައި އެރަށަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު އެވެ.

އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ވަނީ އިއްޔެ ނ.ވެލިދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޢަމާޒުކޮށްގެން ވަރަށް ކާމިޔާބު ދީނީ ދަރުސެއްވެސް ދެއްވާފައެވެ. އެ ދަރުސްގެ މައުޟޫޢަކީ ނަފްސީ ނަފްސީ އެވެ.

ޕނާރެސް އަށް މަޢުލޫމާތު ދެއްވަމުން ޕާތު އޮފް އިސްލާމްގެ އިސްފަރާތަކުން ވިދާޅުވީ ޕާތު އޮފް އިސްލާމްގެ އޮފީސް ހުޅުވުމުގެ އެންމެ ބޮޑު މަޤްޞަދަކީ އެ ޖަމްޢިއްޔާގެ ޙަރަކާތްތައް އިތުރަށް ފުޅާކޮށް ވެލިދޫގެ ރައްޔިތުންނާއި ހިސާބަށް ގެނެސްދިނުން ކަމަށެވެ.

މި އޮފީހަކީ ވެލިދޫއަށް ހެޔޮ އެދޭ އިސްލާމްދީނަށް ޚިދުމަތްކުރާ ވިޔަފާރިވެރިންގެ ދީލަތި އެހީތެރިކަމާއި ޕާތު އޮފް އިސްލާމްގެ ޢާންމު މެމްބަރުންގެވެސް އެހީތެރިކަމާއިއެކު ބިނާކުރި އޮފީހެއްކަމަށެވެ.

ނާރެސް އަށް މަޢުލޫމާތު ދެއްވަމުން އެފަރާތުން އިތުރަށް ވިދާޅުވީ މިއީ ވެލިދޫ ރައްޔިތެއްގެ ގޯއްޗެއްގައި ބިނާކޮށްފައިވާ އޮފީހެއްކަމަށާއި އޮފީސް ޢިމާރާތްކުރުމަށް ބިންދޫކޮށްފައިވަނީވެސް ހިލޭ ސާބަހަށް ކަމަށެވެ.

ިބޕާތު އޮފް އިސްލާމުން މި ހުޅުވި އޮފީހަކީ ތާރީޚުގައިވެސް ވެލިދޫގައި ޖަމްޢިއްޔާއަކުން ބިނާކޮށްގެން ހުޅުވި ފުރަތަމަ އޮފީސްކަންވެސް ފާހަގަކުރެވެއެވެ.

އެއް ކޮމެންޓް

  1. Thee dhogeh emme furathama velidhoo ga jamuiyyaa akun hukhuvi office eh noon thee kee. Velidhooga vekaj jamuiyyaa adhi vyds jamuiyyaa in ves office hulhuvaigen 15 aharaa gaathah khidhumai kogmffa vany. Mauloomaathu saafu kollaafa liyelaa

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close