ޚަބަރު

ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެ ޝަރަފްވެރި އެވޯޑް ، މުޙައްމަދު ޙަލީމް ( އެމްއެޗް ) އަށް އަރުވައިފި

ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެ ޝަރަފްވެރި އެވޯޑް ނ.ވެލިދޫ އެލްޕާސޯ މުޙައްމަދު ޙަލީމް ( އެމްއެޗް ) އަށް މިރޭ އެސްކޫލުން އަރުވައިފިއެވެ. .

ނ.އަތޮޅު ތަޢުލީމީ މަރުކަޒަށް 38 އަހަރުފުރުން ފާހަގަކުރުމަށް މިރޭ އެސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ނ.ވެލިދޫ އެލްޕާސޯ މުޙައްމަދު ޙަލީމް ( އެމްއެޗް ) އަށް އެސްކޫލުން މިއެރުވި ޚާއްޞަ އެވޯޑަކީ 2017 ވަނައަހަރުން ފެށިގެން އެސްކޫލްގައި ދެމުން އަންނަ އެވޯޑެކެވެ.

މިއީ އެސްކޫލްގެ ކުރިއެރުމަށާއި، ތަރައްޤީއަށް އެކިއެކި ގޮތްގޮތުން އެންމެ ބޮޑުއެހީތެރިކަމެއް ވެދެއްވާ ފަރާތެއްގެ އަގުވަޒަންކޮށް ކޮންމެ އަހަރަކުވެސް ދޭ ގޮތަށް ކަނޑައަޅާފައިވާ ޚާއްޞަ އެވޯޑެކެވެ.

އެސްކޫލްގެ އަހަރީދުވަހު ދިނުމަށް ހަމަޖައްސާފައިވާ މިއެވޯޑް ދެނީ އަހަރުތެރޭގައި އެންމެ ބޮޑު އެހީއެއް ނުވަތަ ޚިދުމަތެއް އެސްކޫލަށް ކޮށްދިން ފަރާތްތަކަށެވެ.

ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ “އެޕްރިޝިއޭޝަން އެންޑް ކޮގްނިޝަން” އެވޯޑް  މުޙައްމަދު ޙަލީމް ( އެމްއެޗް ) އަށް ލިބުނު މިއީ ދެވަނަ ފަހަރެވެ. އެހެންކަމުން އެވޯޑް ތަޢާރަފްކުރެވުނީއްސުރެ ފާއިތުވެދިޔަ ދެއަހަރުވެސް މިއެވޯޑް އެމްއެޗްއަށް ލިބިގެންދިއުމުން ދޭހަވެގެން ދަނީ ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުރިއެރުމަށާއި، ތަރައްޤީއަށް އެމަނިކުފާނު ކޮށްދެއްވަމުން ގެންދަވާ ޚިދުމަތުގެ އަގުބޮޑުކަން ކަމުގައި މިރޭ އެސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ނ.މާފަރު ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު އަދުނާން ވަނީ އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

ނ.ވެލިދޫގައި ހުންނަ ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެ ޚާއްޞަ އެވޯޑް ނ.ވެލިދޫ އެލްޕާސޯ މުޙައްމަދު ޙަލީމަށް ފާއިތުވެދިޔަ ދެ އަހަރުގައިވެސް ލިބުނުއިރު އެމަނިކުފާނުވަނީ އެސްކޫލްގެ ކްލާސްރޫމްތައް ޑިޖިޓަލްކުރުމަށް ބޭނުންވާ ޓީވީތަކާއި، ކޮމްޕިއުޓަރ ތަކާއި އަދިވެސް އެކަމަށް ބޭނުންވާ ގިނަގުނަ ސާމާނުތައް އެސްކޫލަށް ހިލޭ ފޯރުކޮށްދެއްވާފައެވެ. އަދިވެސް އެސްކޫލްގެ ވޯކްވޭ ތަކުގައި ގައު ޖެހުމުގެ މަސައްކަތާއި، ސްކޫލްގެ އިމާރާތްތައް ޒީނަތްތެރިކުރުމުގެ ގިނަ މަސައްކަތްތަކެއްގައި އެމަނިކުފާނުވަނީ މާލީ ގޮތުން ބޮޑު ހޭދައެއްކުރައްވާ އެހީތެރިކަން ދެއްވާފައެވެ.

މުޙައްމަދު ޙަލީމް ( އެމްއެޗް ) އަކީ ނ.އަތޮޅު ތަޢުލީމީ މަރުކަޒުން ތަޢުލީމް އުނގެނި ދަރިވަރު ވެފައިވާ އެސްކޫލްގެ އިސްދަރިވަރެކެވެ. އެމަނިކުފާނަކީ އެމަނިކުފާނުގެ އަމިއްލަ އުފަންރަށް ނ.ވެލިދޫގެ އިތުރުން ނ.އަތޮޅުގެ އެހެން ބައެއް ރަށްތަކުގައިވެސް އިޖްތިމާޢީ އެތައް މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާ ރައްޔިތުންނަށް އެކިއެކި ގޮތްގޮތުން އެހީތެރިކަން ވެދެއްވާފައިވާ އަދި މިހާރުވެސް އެހީތެރިވެ ދެއްވަމުން ގެންދަވާ ދީލަތި ބޭފުޅެކެވެ.

ނ.އަތޮޅު ތަޢުލީމީ މަރުކަޒުންދޭ އެންމެ މަތީޝަރަފްގެ އެވޯޑާއި، އަލްއުސްތާޛް މުޙައްމަދު ޙަލީމް ( އެމްއެޗް ) ޙަވާލުވަނީ / ފޮޓޯ: އެންއޭއީސީ

ކުރިއަށްއޮތް މަޖްލިސް އިންތިޚާބުގައި މުޙައްމަދު ޙަލީމް ( އެމްއެޗް ) މަނަދޫ ދާއިރާ ( ލަންދޫ، މާފަރު ، މަނަދޫ ) އަށް ވަނީ ކުރިމަތިލައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close