ދޯންޏެއްގެ ބައެއް އޮޔާދާތީ ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފި
ދޯންޏެއްގެ ބައެއް އޮޔާދާތީ ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ކ. ފުށިދިއްގަރު ފަޅު ކައިރިން އިރުމައްޗަށް ވާގޮތަށް ދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
އަޑިޔަށް ގޮސްގެން އޮޔާދަނީ ކޮން ރަށެއްގެ ދޯންޏެއްކަމެއް އެމްއެންޑީއެފުން ނުބުނެއެވެ.

