ޚަބަރު

ޔޫޓޫޖޭ އެކަޑެމީ ފިއެސްޓާ 2019 ގެ ފުޓްބޯޅަ މުބާރާތުގެ ނިމުން ފާހަގަކޮށްފި

ޔޫޓޫޖޭ އެކަޑެމީ ފިއެސްޓާ 2019 ގެ ފުޓްބޯޅަ މުބާރާތުގެ ނިމުން ފާހަގަކޮށް ވަނައަށް އައި ފަރާތްތަކަށް އިނާމާއި، ޝީލްޑާއި، ހަނދާނީ ލިޔުންދީފިއެވެ.

އިއްޔެ ހަވީރު ނ.ލަންދޫ ފުޓްސަލް ދަނޑުގައި އޮތް މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހްމާނެއްގެ ގޮތުގައި ބައިވެރިވެލެއްވީ ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ރަންޒަމާނުގެ ގޯލްޑް ކެޕްޓަން ، ޤައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ ކެޕްޓަން އައްސަދު ޢަބުދުލްޣަނީއެވެ. އޭނާގެއިތުރުން އައްސަދުގެ ކޮއްކޮ އަންވަރު ޢަބުދުލް ޣަނީވެސް އިއްޔެ މިރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

ކީރިތި ޤުރުއާންގެ ބަރަކާތުން ފެށިގެން ދިޔަ މި ރަސްމިއްޔާތުގައި ޝަރަފްވެރިމެހްމާން އައްސަދު ޢަބުދުޣަނީ ވާހަކަފުޅުދެއްކެވިއެވެ. ޔޫޓޫޖޭ އެކަޑަމީން ލަންދޫގައި ކުރިއަށްގެންދާ ފުޓްބޯޅައާއި، ނެޓްބޯޅައިގެ ޙަރަކާތްތަކަކީ ވަރަށް ބުރަ މަސައްކަތްތަކެއްކަމަށް ފާހަގަކުރައްވާ އެކަޑެމީގެ ހިންގުންތެރި ދެ ފައުންޑަރ ކަމަށްވާ އަލްފާޟިލް ޔޫސުފު ޢަބުދުއްރަހީމް އާއި، އަލްފާޟިލް ޙުސެއިން ޖަވާދަށް އައްސަދު ޝުކުރުއަދާކުރެއްވިއެވެ.  އައްސަދު ފާހަގަކުރެއްވި މިފަދަ މަސައްކަތްތަކުގެ ސަބަބުން މިކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ލިބިގެންދާނެކަމަށެވެ. އަދި ކުރިމަގުގައި މިކުދިންގެ ކުޅިވަރުގެ ހުނަރުތައް ފެނިގެންދާނެކަމަށެވެ.

ޔޫޓޫޖޭ އެކަޑަމީ ފިއެސްޓާ 2019 ގެ ފުޓްބޯޅައިގެ ބައި އިއްޔެ ނިންމުމުގެ ރަސްމިޔާތުގައި މުބާރާތުގެ ވަނަތަކަށް އިނާމާއި، ސެޓްފިކެޓާއި، ޝީލްޑް ދިނުން އޮތެވެ. އެގޮތުން ފިއެސްޓާ 2019 ގެ ލެވެލް 1 ގެ ކޮންމެ ކުއްޖަކަށް މެޑެއެއްޔެއް ލިބިގެންދިޔައެވެ. ލެވެލް 1 މެޑްލަތައް ކުދިންނާޙަވާލުކޮށްދެއްވީ ލަންދޫގައި ހިންގާ ޤުރުއާންކްލާހެއްކަމުގައިވާ ތަރުޓީލުލް އިންސްޓިޓިއުޓް (ޓީކިޔުއައި)ގެ މަސްއޫލުވެރިޔާ އަލްފަޟިލް އަލީ ޒިޔާދެވެ.

ޔޫޓޫޖޭ ފިއެސްޓާ 2019 ގެ ލެވެލް 2 ގެ ބެސްޓް ގޯލްކީޕަރަކަށް ހޮވުނީ މުޙައްމަދު ރަޔާން އެވެ. ބެސްޓް ސްކޯރާރ އަކަށް ހޮވުނީ ޢަބުދުﷲ ޝިޒާން އެވެ. އަދި ބެސްޓް ޕްލެޔަރުންގެ ގޮތުގައި ލެވެލް 2 ން ހޮވުނު ތިންކުޅުންތެރިންނަކީ  މުޢާޝް ބިން މުޢާވިޔަތު އާއި، އަޙްމަދު ހުޒާނު އާއި، ޢަބުދުﷲ ޝިޒާން އެވެ.

ޔޫޓޫޖޭ ފިއެސްޓާ 2019 ގެ ލެވެލް 3 ގެ ބެސްޓް ގޯލްކީޕަރަކަށް ހޮވުނީ ޙަސަން އަޒްލީން އެވެ. ބެސްޓް ސްކޯރާރ އަކަށް ހޮވުނީ މުޙައްމަދު އުލުވާން އެވެ. އަދި އެންމެ ބެސްޓް 3 ޕްލެޔަރުން ހޮވުނީ އިބްރާހިމް ވިޝާލްއާއި، ޙުސެއިން ޝަންމާން އާއި، މުޙައްމަދު ޢުލުވާން އެވެ. މިވަނަތަކަށް އިނާމާއި، ޝީލްޑާއި، ސެޓްފިކެޓް ދެއްވީ ގޯލްޑް ކެޕްޓަން އައްސަދު ޢަބުދުލް ޣަނީ ގެ ކޮއްކޮ އަޝްރަފް ޢަބުދުލް ޣަނީ އެވެ.

ޔޫޓޫޖޭ ފިއެސްޓާ 2019 ގެ ފުޓްބޯޅަ މުބާރާތް ނިންމުގެ ރަސްމިއްޔާތުގައި އިއްޔެވަނީ ފިއެސްޓަރ އަށް އެންމެ ބޮޑަށް އެހީތެރިވި ހާއްސަފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ސެޓްފިކެޓް ދީފައެވެ. އަދި މުޅި ފިއެސްޓްރގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ( ކިންގް އޮފްދަ ޕްލެޔަރ ) އަށް ދެވޭ ހާއްސަ ޓްރޮފީ ހަވާލުކުރުންވެސް އިއްޔެގެ ރަސްމިއްޔާތުގައި އޮތެވެ. ކިންގް އޮފްދަ ޕްލެޔަރ ގެ މަޤާމަށް ހޮވުނީ ޔޫޓޫޖޭ ފިއެސްޓާ 2019 ގެ ލެވެލް 2 ގެ ކުޅުންތެރިޔާ ބުލޫޓީމްގެ ޖަރޒީ ނަމްބަރ 10 ޢަބުދުﷲ ޝިޒާން ( އައްކޮ ) އެވެ. މި ވަނަތަކަށް އިނާމް ދެއްވީ ގޯލްޑް ކެޕްޓަން އައްސަދު ޢަބުދުލް ޣަނީއެވެ.

ޔޫޓޫޖޭ އެކަޑަމީގެ ހުރިހާ ބެލެނިވެރިންނާއި، ދަރިވަރުންނާއި، އަދި ރަށުގެ ކަމުވޮށިވެގެންވާ ޢިއްޒަތްތެރިންގެ އިތުރުން ރަށުން ބޭރުން ވަޑައިގެންނެވި އިއްޒަތްތެރިންވެސް އިއްޔެގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މިހުރިހާ ފަރާތްތަކަށް އެކަމީގެ ނަމުގައި އެކަޑަމީގެ ފައުންޑަރ ދެބޭފުޅުން ޔޫއްޓޭ އާއި ޖަވާ ޝުކުރުއަދާކުރައްވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close