ކިތަންމެ ކުޑަ ހެޔޮކަމެއްވިޔަސް ދޫނުކޮށްލާށެވެ.
އަބޫދާއޫދު އައް ސިޖީސްތާނީއާއިމެދު ބަޔާންވެގެންވެއެވެ. އެކަލޭގެފާނު އެއްފަހަރަކު ބޯޓެއްގެ މަތީގައި ވިއެވެ. އަދި ރަށެއްގެ އައްސޭރީގައިވާ މީހަކު ކިނބިއްސެއް އަޅައި ﷲ އަށް ޙަމްދު ކުރިއަޑު އެކަލޭގެފާނަށް އިވިވަޑައިގަތެވެ.
ދެން އެކަލޭގެފާނު އެއޮޑިން ކުޑަ ފައްތިޔަލެއްފާޑު އެއްޗެއް އެއް ދިރުހަމަށް ކުއްޔަށް ނަންގަވައި އޭގައި ޖައްސަވައި އެއްގަމާއި ހަމަޔަށް ވަޑައިގެން އެމީހާއަށް ޖަވާބުދެއްވައި ” ޔަރުޙަމުކުﷲ (ﷲ ތިބާއަށް ރަޙުމަތް ލައްވާންދޭވެ) މިހެން ވިދާޅުވެފައި އަނބުރައި ބޯޓަށް ވަޑައިގެންނެވިއެވެ.
އިމާމް އަބޫދާއޫދާއިމެދު އެކަމާއި ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. ފަހަރުގައި އެ ކިނބިހި އެޅިމީހާއަކީ އެމީހެއްގެ ދުޢާ ﷲގެ ޙަޟްރަތުގައި އިޖާބުކުރެވޭ މީހަކުކަމުގައިވުން އެކަށީގެންވެއެވެ.
ދެން މިބޯޓުގެ މީހުންތައް ނިދުމުން އެމީހުންނަށް ނިދީގައި ގޮވައިލުމެއްގެ އަޑު އިވުނެވެ. އެގޮވައިލުމުގައި ވެއެވެ. އޭ އުޅަނދުގައިވާ މީސްތަކުންނޭވެއެވެ!
ހަމަޔަޤީނުންވެސް އަބޫދާއޫދުގެފާނު އެއްމެ ދިރުހަކަމަކަށް ސުވަރުގެ ގަނެލައްވައިފިއެވެ.

