ޚަބަރު

ކުރީގެ މިނިސްޓަރ އޮފް ޔޫތު އިރުތިޝާމް ޖޭޕީއަށް ސޮއިކުރައްވައިފި

ރައީސް ޔާމީންގެ ސަރުކާރުގެ ޔޫތު މިނިސްޓަރ ކަން ކުރެއްވި އިރްތިޝާމް އާދަމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.  

އިރްތިޝާމް އާދާމް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާފައިވަނީ، ޖުމްހޫރީ ޕާޓީގެ މައި މަރުކަޒު މާފަންނު ކުނޫޒްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ ކުރިފުޅުމަތީގައެވެ.

އިރްތިޝާމް ޖޭޕީއަށް ސޮއިކުރައްވައި އެކަމުގެ ލިއުން ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްއާ މިރޭ ހަވާލު ކުރެއްވިއެވެ.

އިރްތިޝާމް އާދަމް އެންމެ ފުރަތަމަ ހުންނެވީ ރައީސް ޔާމީން ސަރުކާރުގެ ހެލްތު މިނިސްޓަރުކަމުގައެވެ. ނަމަވެސް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަގާމަށް ރައީސް ޔާމީން އިރްތިޝާމް އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ 22 ވަނަ ދުވަހުއެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close