ޚަބަރު

ވަކި ޕާޓީ އަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބެން ޖެހޭ ކަމަށް ބުނުމަކީ އަމިއްލަ އެދުން އިންތިހާ ދަރަޖައަށް ބޮޑުވުން – ޤާސިމް

އިއްތިހާދަކުން ވެރިކަމަށް އައި ޕާޓީތަކެއްގެ ތެރެއިން، ވަކި ޕާޓީ އަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބެން ޖެހޭ ކަމަށް ބުނުމަކީ އަމިއްލަ އެދުން އިންތިހާ ދަރަޖަ އަށް ބޮޑުވުން ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖްލިސްގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނާ އަބްދުﷲ ނަވާޒް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ، މިހާރު ހިނގަނީ ކޯލިޝަން ސަރުކާރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވާތީ އެ ކަމަށް “ސެލިއުޓް” ކުރައްވާ ކަމަށެވެ. އެހެންވެ، އަދުލުވެރިކަމާ އެކު ކަންކަން ކުރައްވާހާ ހިނދަކު ރައީސްގެ އަރިހުގައި ސާބިތުކަމާ އެކު ހުންނަވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ، ގާނޫނާ ހިލާފަށް ކަންކަން ކުރާ ނަމަ ޖުމްހޫރީ ޕާޓީން އެއްބާރުލުން ނުދޭނެ ކަމަށެވެ. އަދި އޭގެ ނަތީޖާ މިހާތަނަށް އޮންނާނީ ފެންނަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ދެން ވެސް އެފަދަ ކަމެއް ނުކުރެވޭނެ ކަމަށާއި އެއްވެސް ބޭފުޅަކު “ހުވަފެން ފެނިގެން ނޫޅުއްވުމަށް” ގާސިމް އެދިވަޑައިގަތެވެ.

ފައިސާވެރިންނާއި މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވަމުން ގެންދަވާތީ އެ އަށް ރައްދު ދެއްވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އަދި އެންމެ ގިނަ ހޭދަކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވީ ކޮންމެ ކަމެއް ވެސް ފުއްދަން ޖެހުމުން މަހުޖަނުގެ ބޭނުން ޖެހޭ ކަމަށެވެ.

ރޭގެ ޙަފްލާގައި ޤާސިމްގެ ވާހަކަފުޅު ރޭ ބޮޑަށް އަމާޒުކުރައްވާފައިވަނީ އަންނަ އޭޕްރީލް މަހު އިންތިޚާބު ކުރާ ރައްޔިތުން މަޖިލީހުން ފުރުސަތު ދޭން ޖެހޭނެ ބޭފުޅުންގެ ޝަރުތު އަދި އެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close