ޚަބަރު

އެމްޑީޕީގެ ޕްރައިމަރީ މި މަހު 18 ވަނަ ދުވަހު ބާއްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ބާއްވަން ހަމަޖެހިފައިވާ ޕްރައިމަރީގެ ވޯޓުލުން މިހިނގާ ޖެނުއަރީ މަހުގެ 18 ވަނަދުވަހު ބާއްވަން އެޕާޓީން ނިންމައިފިއެވެ.

އެމްޑިޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންތިޚާބުގެ ކަންކަން ބެލުމަށް އެމްޑީޕީގެ ޗެއާޕާސަން ކަނޑައަޅާފައިވާ މެންބަރުންގެ ތެރޭގައި ހިމެނޭ އިބްރާހީމް ވަޙީދު ވިދާޅުވީ، އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހުކުރުދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އާ ހަމައަށް ކަމަށެވެ. އަދި ވޯޓުލާން ކަނޑައެޅިފައިވާ ވަގުތަށް ވޯޓުލައި ނުނިމޭނަމަ އިތުރު ވަގުތު ދެވޭނެ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

އެޕާޓީގެ އެތެރޭގައި ކުރިއަށްދާ މަޖިލިސް ޕްރައިމަރީ އިންތިހާބު ވެގެންދާނީ ދެފުށް ފެންނަ އަމާން އިންތިޚާބަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

އިބްރާހީމް ވަޙީދު ވިދާޅުވީ، ޕްރައިމަރީގައި ވޯޓުލުން ކުރިއަށްދާނީ ރަށްރަށުގައި ހުންނަ އެރަށެއްގެ އެމްޑީޕީ ހަރުގޭގައި ކަމަށެވެ. އަދި ހަރުގެ ނުހުންނަ ރަށްރަށުގައި އިޖުތިމާއީ މަރުކަޒު ފަދަ ތަނެއް ހަމަޖައްސައި ވޯޓް ފޮށި ބަހައްޓާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.

“އެދުވަހު ބާއްވާ ޕްރައިމަރީގައި ކިއޫ ދިގުވެދާނެ. އެހެންވީމަ 300 މީހުންނަށްވުރެ ގިނައިން އެއް ފޮއްޓަކަށް ވޯޓުލާން ރަޖިސްޓްރީވެފައިވާނަމަ އެތަނުގައި އިތުރު ޑެސްކް ބަހައްޓައިގެން ވޯޓް ލެވޭނެ އިންތިޒާމްވެސް ހަމަޖައްސާނެ.” ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީން ވަނީ މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަށްޑިހަ ހަތް ދާއިރާއަށް ވާދަކުރަން ނިންމާފައެވެ. އަދި އެދާއިރާތަކަށް ކުރިމަތިލާން ހުޅުވާލުމުން އަށްޑިހަ ހަ ދާއިރާއަކަށް ދުއިސައްތަ އަށްޑިހަ މީހަކުވަނީ ކުރިމަތިލާފައެވެ. އޭގެ ތެރެއިން ނުވަ ދާއިރާއަކަށް އެންމެ މީހަކު ކުރިމަތިލާފައި ވާތީ ޕްރައިމަރީއަކާއި ނުލައި އެ 9 މީހުންނަށް އެދާއިރާތަކުގެ ޓިކެޓް ވަނީ ލިބިފައެވެ.

އެހެންކަމުން ބާކީ އޮތް ހަތްދިހަ ހަތް ދާއިރާއަށް މިމަހުގެ އަށާރަވަނަ ދުވަހު ވޯޓްލުން އޮންނާނެއެވެ. އަދި ފ.ނިލަންދޫ ދާއިރާއަށް އެޕާޓީން ކެނޑިޑޭޓަކު ނުނެރޭނެކަމަށްވެސް ވަނީ ބުނެފައެވެ.

އެއް ކޮމެންޓް

  1. ޕްރައިމަރީ އަކާއި ނުލައި ޓިކެޓް ދިނުމަކީ ޑިމޮކްރަސީއާއި، ފުށުއަރާކަމެއް ދެރަކަމެއް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close