ޚަބަރު

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެބުރުވަރީ 7 ވަނަ ދުވަހުން ފެށިގެން މާސްކުއެޅުން މަޖުބޫރުކޮށްފި

ފެބުރުވަރީ 7 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކުއެޅުން މަޖުބޫރުކުރަން ސަރުކާރުން ނިންމައިފިއެވެ.

ހެލްތް ޕުރޮޓކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރެ އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، 2021 ފެބުރުވަރީ 7 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން، ގެއިން ބޭރުގައި އުޅޭއިރު، އަނގަޔާއި ނޭފަތާއި ދަތްދޮޅި ނިވައިވާގޮތަށް މާސްކު އަޅަން ޖެހޭނެ ކަމަށެވެ.

ނަމަވެސް އަންނަނިވި ހާލަތްތަކުގައިވާ ފަރާތްތައް، ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމުން އިސްތިސްނާވާނެ ކަމަށް އިއުލާންގައި ބުނެފައި ވެއެވެ.

1- އުމުރުން 2 (ދޭއް) އަހަރުން ދަށުގެ ކުޑަކުދިން.

2. ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތު،

3. އެހެން މީހެއްގެ އެހީއާނުލައި މާސްކު އަޅައި، މާސްކު ނުންގޭ މީހުން،

4 ހޮޓާ،ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތު

މަތީގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޚާއްޞަ ހާލަތްތަކުގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެ ކަމަށްވެސް މި އިއުލާނުގައި ބުނެފައި ވެއެވެ.

މާސްކް އެޅުން މަޖުބޫރު ކުރުމަށް ސަރުކާރުން ނިންމި ނިންމުން ތަންފީޛުކޮށް، އެ ފިޔަވަޅު ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގައިފައި ވެއެވެ. އަދި، މި އެންގުމާ ގުޅިގެން ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށްވެސް އަންގައިފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close