ޚަބަރު

މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރާނެ ގޮތެއް ހަތަރުލީޑަރުން މާދަމާ ކަނޑައަޅާނަން: ރައީސް ސޯލިހް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަނުން ގޮނޑިތަކަށް ވާދަކުރާނީ ކޮންއުސޫލަކުންކަން ހަތަރު ލީޑަރުން މާދަމާ ބާއްވާ ބައްދަލްވުމަށްފަހު ހާމަ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސޯލިހު ވިދާޅު ވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އިންޑިޔާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންވެ. އެމަނިކުފާން ވިދާޅުވީ މާދަމާ އަނެއްކާވެސް ހަތަރު ލީޑަރުންގެ ބައްދަލްވުމެއް އޮންނާނެ ކަމަށާއި އެބައްދަލްވުމުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ގޮނޑިތަކަށް ވާދަކުރާނެ ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުންނިންމާފައި ވަނީ އަންނަ އަހަރު އޭޕްރީލް މަހުގެ 6 ވަނަ ދުވަހު އެވެ. މަޖިލީހުގެއިންތިޚާބަށް ކުޑަތަން ވަމުން އަންނައިރު ވެރިކަން ކުރާ އެމްޑީޕީގެ ޕްރައިމަރީއަންނަ ޖެނުއަރީ މަހު 18 ގައި ބޭއްވުމަށް އެޕާޓީން އަންނީ ތައްޔާރު ވަމުންނެވެ.އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލްވުމަކުން މީގެ ކުރިން ވަނީ އެޕާޓީންމަޖިލީހުގެ ހުރިހާ ދާއިރާއަކަސް ވާދަކުރުމަށް ނިންމާފައެވެ. އަދި އެޕާޓީގެޕްރައިމަރީއަށް ވާދަކުރާ މެމްބަރުން ވެސް ދަނީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށްކެނޑިޑޭޓުން ނުކުމެ ކެމްޕޭޏް ކުރަމުންނެވެ.

 ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މާފަންނު ކުނޫޒުގައި ބޭއްވި ބައްދަލް ވުމުގައި އެމްޑީޕީއަށް ރައްދު ދެއްވައި ގާސިމް އިބްރާހީމް ވިދާޅުވެފައި ވަނީ ޖޭޕީން މަޖިލީހުގެ ހުރިއާ ދާއިރާއަކަށް ވާދަ ނުކުރަނީ ބިރުން ނޫންކަމަށާއި ޖޭޕީއަށް ވެސް ހުރިހާ ދާއިރާއަކަށް ވާދަކުރަން ކެރޭނެ ކަމަށެވެ. އަދި އެޕާޓީން ހުރިހާ ދާއިރާއަކަށް ތައްޔާރު ވަމުން އަންނަ ކަމަށް އެޕާޓީގެ ބައެއްފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

އެހެން ނަމަވެސް މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރުމާ މެދު ކޯލިޝަންގައި އުފެދިފައި މިވާ އުދާސްކަމަށް މާދަމާގެ ހަތަރު ލީޑަރުންގެ ބައްދަލްވުމުން ފިނިކަމެއް ލިބިގެން ދާނެކަމަށް ގަބޫލުކުރެވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close