ކުޅިވަރު

އަތޮޅުގެ ޗެމްޕިއަން ބޮޑުތަފާތަކުން ބަލިކޮށް ހެނބަދޫ ސެމީއަށް

ޝިޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު މެޗުގައި ނ.އަތޮޅުގެ ޗެމްޕިއަންކަން ވޭތުވެދިޔަ ދެ އަހަރު ހޯދާފައިވާ މާޅެންދޫ ބޮޑުތަފާތަކުން ބަލިކޮށް ހެނބަދޫއިން ސެމީފައިނަލްގެ ދެވަނަ ޖާގަ ޔަޤީން ކޮށްފިއެވެ. 

މިއަދުގެ މެޗަށް ނިކުތް އިރުވެސް މިއަދުގެ މެޗަކީސެމީއަށް ދިއުމަށްޓަކައި ހެނބަދޫއަށް މޮޅެއްހޯދުމަށް މަޖުބޫރު މެޗަކަށްވުމުންހެނބަދޫއިން ވަނީ މެޗުފެށުނު ވަގުތުން ފެށިގެން މާޅެންދޫ ގޯލަށް ބާރު ބޮޑުކުރަންފަށާފައެވެ. ނަމަވެސް ހެނބަދޫއަށް އެޓީމުގެ މަސައްކަތް ކާމިޔާބު ވެފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖާޒީނަމްބަރ 10 ހުސެއިން ޢަބުދުﷲ (ބަހާރޭ) ކާމިޔާބުކޮށްދިން ގޯލުންނެވެ. މި ގޯލަށްފަހު ފަހުހާފު ފެށުނު ތަނާހެން ހެނބަދޫއިންވަނީ އިތުރުގޯލެއް ޖަހާ އަދި  މެޗުނިމުމުގެ ކުރިން މެޗުގެ ނަތީޖާ 5 ލަނޑު 0 ލަނޑަށް ބަދަލުކޮށްލައިފައެވެ. 

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހެނބަދޫގެ ތާރީޙްގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއްކުޅުންތެރިޔާ ކަމަށް ހެނަބަދޫގެ ގިނަބަޔކު އިއްތިފާޤުވާ އެޓީމުގެ ޖާޒީނަމްބަރ 10 ހުސެއިން އަބުދުﷲ (ބަހާރޭ) އެވެ.

މިއަދުގެ މެޗުގެ މިނަތީޖާ އާއިއެކު ހެނބަދޫއިން ގްރޫޕް އޭގެ 2 ވަނަ ހޯދުމުން އެޓީމަށް ސެމީފައިނަލްގައި ބައްދަލުކުރަން ޖެހޭނީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ ހުރިހާ މެޗަކުން މޮޅުވެފައިވާ ހޮޅުދޫ އާއެވެ. އަދި މިއަދުގެ މެޗުން ހެނބަދޫ މޮޅުވުމުން ވޭތުވެދިޔަ އަހަރުގެ މިމުބާރާތުގެ ޗެމްޕިއަން މިލަދޫ އަށާއި އަދި މިއަދުގެ މެޗުގެ ނަތީޖާއަށް ބަލަބަލާ އޮތް މަނަދޫއަށް ސެމީފައިނަލަށް ދެވެން އޮތް ހަނިހަނި ފުރުޞަތުވެސް ބަންދުވެގެން ދިޔައީއެވެ. އަދި މާދަމާ މިލަދޫ އާއި މަނަދޫ ބައްދަލުކުރާ މެޗުގެ ބޭނުންވެސް ކެނޑިގެން ދިޔައީއެވެ.  

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close