ޚަބަރު

ދިވެހީން ޔޫ.އޭ.އީ އަށް ދާން އަންނައަހަރުން ފެށިގެން ވިސާ ބޭނުމެއްނުވާނެ – ފޮރިންމިނިސްޓަރ

މިއަންނަ އަހަރު ފެށިގެން ދިވެހީން ޔޫ.އޭ.އީ އަށް ދާން ވިސާ ބޭނުން ނުވާނެ ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދް ވިދާޅުވެއްޖެއެވެ. ޢަބްދﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޫ.އޭ.އީ އާއެކު ވިސާގެ އާ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ޔޫ.އޭ.އީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޝާހިދު ވަނީ ޔޫ.އޭ.އީގެ ފޮރިން މިނިސްޓަރު ޝައިޚް ޢަބްދުﷲ އާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި އާ ސަރުކާރުގެ ސިޔާސަތު ތަކާ ބެހޭ ގޮތުން ޝައިޚް ޢަބްދުﷲ އަށް މައުލޫމާތު އެރުވިއެވެ. އަދި ދެ ގައުގުމުގެ ގުޅުން ބަދަހި ކުރުމާއި ވިޔަފާރި އާއި އިންވެސްޓްމަނތް ތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ފޮރިންމިނިސްޓަރ ޝާހިދުކުރެއްވި ޓްވީޓް

ފޮރިން މިނިސްޓަރު ޝާހިދު ޔޫއޭއީ އަށް މި ވަޑައިގަތީ މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށް ފަހު އެވެ. ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެކުވެރި ގައުމުތަކަށް ފައްޓަވާފައިވާ މި ދަތުރުފުޅުގައި ޝާހިދު ދެން ވަޑައިގަންނަވާނީ ޗައިނާ އަށް ކަމަށް އެނގިފައިވެ އެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close