ޚަބަރު

އަޕްޑޭޓް: އޮމިކްރޮން މާލެ ފިޔަވައި ރާއްޖެ ތެރޭ ރަށްތަކުގައިވެސް އެބަ ފެތުރޭ

ރާއްޖެއިން މިހާތަނަށް 74 މީހަކަށް އޮމިކްރޮން ޖެހިފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ. އެޗްއީއޯސީ އިން މިފަދައިން ހާމަކޮށްފައިވަނީ މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އޮމިކްރޮން ފެނިފައިވަނީ އައްޑޫ ސިޓީ އާއި މާލެ ސިޓީ ހިމެނޭ ގޮތަށް 11 ރަށަކުން ނެވެ.

އޮމިކްރޮން ވޭދަނަތައް ފެނުނު ރަށްތަކަކީ މާލެ އާއި ކ. މާފުއްޓާއި ދ. ކުޑަހުވަދޫ އާއި އައްޑޫ ސިޓީ އާއި ލ. ގަމާއި ލ. މުންޑޫ އާއި ލ. އިސްދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ފ. މަގޫދޫ، ކ. ތުލުސްދޫއެވެ.

މާލޭގެ ޢަދަދުތައް މައްޗަށް ދިޔައެއްކަމަކު މިވަގުތު އަދި މާލެ މޮނިޓަރިންގ އަށްލާ ވިސްނުމެއް ނެތްކަމަށާއި ބޭނުންވަނީ ހަމަ މިވަގުތު އަދި ބައްޔާއެކު ޢާއްމު ޙާލަތުގައި އެންމެންވެސް ދިރިއުޅުން ކުރިޔަށް ގެންދަންކަމަށް އެޗްއީއޯސީ އިން މިހާރު ކުރިޔަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެއްޖެއެވެ.

ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން އެޗްއީއޯސީ އިން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އެލެކްޝަންވެސް ގައިޑްލައިންއާ އެއްގޮތަށް ބޭއްވޭނެކަމަށާއި އިންތިޚާބު ފަސްކުރުމަކަށް ނުވަތަ ނުބޭއްވުމަކަށް އެއްވެސް އިރުޝާދެއް ނުދެއްވާނެ ކަމަށެވެ.

ތަފްޞީލް އަންނަނީ……..

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close