މާލޭ އުތުރު އެއްގަމު ތޮށީގެ ބައެއް އެހެން އުޅަނދުތަކަށް މަނާކޮށް ޑިފެންސަށް ޚާއްސަކޮށްފި

މާލޭގެ އުތުރު ފަރާތުން އަލަށް ތަރައްޤީކޮށްފައިވާ އެއްގަމު ތޮށީގެ ބައެއް، އެހެން އެއްވެސް އުޅަނދަކަށް ބޭނުން ނުކުރެވޭ ގޮތަށް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ އުޅަނދުތަކަށް އެކަނި ބޭނުންކުރެވޭ ގޮތަށް މިއަދުން ފެށިގެން ހަމަޖައްސައިފިއެވެ.
މި ބަދަލާއެކު ސިފައިންނާއި ޑިފެންސް މިނިސްޓްރީގެ އުޅަނދުފަހަރަށް ޚާއްސަކޮށްފައިވަނީ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އިން ފެށިގެން ގޮސް ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އޮންނަ ސަރަޙައްދެވެ. ކަމާބެހޭ އިދާރާތަކުން އަންގާފައިވާ ގޮތުގައި، މި ސަރަހައްދަށް ދެން އެހެން އެއްވެސް އާންމު އުޅަނދެއް ކައިރިކުރުމަކީ މަނާކަމެކެވެ.
މިއީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދިޔަ ބޮޑު މަޝްރޫޢުގެ ދަށުން އަލަށް ތަރައްޤީކޮށްފައިވާ ސަރަޙައްދެކެވެ. އެހެންކަމުން، އެ ސަރަޙައްދުގެ ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުތަކުން މި އައު ގަވާއިދަށް ސަމާލުވުމަށް ކަމާގުޅޭ ފަރާތްތަކުން ވަނީ އުޅަނދުތަކުގެ ވެރިންނަށް އިލްތިމާސްކޮށްފައެވެ.

