ޚަބަރު

ކަނޑުއޮތްގިރީގެ އައިސް ޕްލާންޓުން ޚިދުމަތް ދޭން ފެށުމާއެކު މާލެ ސަރަހައްދުގެ މަސްވެރިންނަށް ބޮޑު ލުޔެއް

މާލެ އަތޮޅުގައި ހަރަކާތްތެރިވާ މަސްވެރި ދޯނިފަހަރަށް ކުރިމަތިވެފައިވާ އައިސް ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މިފްކޯއިން ކަނޑުއޮތްގިރީގައި ގާއިމުކުރި 25 ޓަނުގެ އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކުމުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށާފިއެވެ.

މާލެ ސަރަހައްދަކީ ގިނަ އަދަދެއްގެ މަސްވެރި ދޯނިފަހަރު އުޅަނދުފަހަރު ހަރަކާތްތެރިވާ ސަރަހައްދަކަށްވުމުން އައިސްއަށް އޮންނަ ޑިމާންޑު އަބަދުވެސް އުޅެނީ ވަރަށް މަތީގައެވެ. އެހެންކަމުން ކަނޑުއޮތްގިރިން ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އައިސް ހޯދުމަށް މަސްވެރިން ކުރަންޖެހޭ ދަތުރުތަކަށާއި ހޭދަވާ ވަގުތަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، މި ހިނގާ މަހުގެ ތެރޭގައި ކަނޑުއޮތްގިރީގައި ވަނީ ހިކިމަސް އުފައްދާ ފެކްޓަރީއެއްވެސް ހުޅުވާފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަމުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ކުރިއަށްދާއިރު، ކަނޑުއޮތްގިރީގައި މިފަދަ ޚިދުމަތްތައް ގާއިމުކުރެވުމުން އެ ސަރަހައްދުގެ މަސްވެރިންގެ އުފެއްދުންތެރިކަން އިތުރުވެ، މަސްވެރިކަމަށް އިތުރު ދިރުމެއް ލިބިގެންދާނެއެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close