ޚަބަރު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިސްވެރިޔާގެ މަޤާމަށް އަމްޖަދު ހަމަޖައްސަވައިފި

ޤާނޫނީ ދާއިރާއާއި އާންމު ހިންގުމުގެ ދާއިރާއިން ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

މ. ރަންދޫވިލާ، އަމްޖަދު މުޞްޠަފާއަށް މަޤާމުގެ ހުވައިލައިދެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ހުވައިލައިދެއްވި މި ރަސްމިއްޔާތުގައި، މަޤާމުގެ ލިޔުން އަމްޖަދާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާ އަލުން ހަވާލުވެވަޑައިގެންނެވި އަމްޖަދަކީ ޝަރީޢާ އެންޑް ލޯއިން ބެޗްލަރސް ދިގްރީގެ އިތުރުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެކުރިން မိނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ކުރައްވާފައިވާ އިރު، 2020 ވަނަ އަހަރުގެ ތެރޭގައިވެސް އޭނާ ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close