ޚަބަރު

ހުޅުމާލޭ މީޑިއާ ވިލެޖުގެ ފިނިޝިންގ މަސައްކަތްތައް މިމަހު އެއްކޮށް ނިންމާލަނީ

ހުޅުމާލޭގައި ހުންނަ “މެންހެޓަން ގްރޭންޑް ހޮޓެލް” ގައި މީޑިއާތަކަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ މީޑިއާ ވިލެޖުގެ ފިނިޝިންގ މަސައްކަތްތައް މިމަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ބާރުސްޕީޑްގައި ކުރިއަށްދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނިގޮތުގައި، މިވަގުތު ކުރިއަށްދަނީ އެ ހޮޓެލްގެ ގްރައުންޑް ފްލޯގައި ޤާއިމުކުރާ މީޑިއާ ވިލެޖުގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ. އަދި ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ މިމަހުގެ ނިޔަލަށް މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލުންކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

މީޑިއާތަކަށް ފަހި މާޙައުލެއް ބިނާކޮށްދިނުމުގެ ގޮތުން މިފަދަ ވިލެޖެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. މިގޮތުން، 2024 ވަނަ އަހަރު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ، މީޑިއާ ވިލެޖު އެސްޓީއޯ ހޮޓެލްގައި ޤާއިމުކޮށް، ނޫސްވެރިންނަށް ވަރަށް ކުޑަ އަގެއްގައި ޖާގަ ހަމަޖައްސަވައިދެއްވާނެ ކަމަށް އިޢުލާނު ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މީގެއިތުރުން، އެތަނުގައި މީޑިއާތަކަށް ބޭނުންވާ ޒަމާނީ ސްޓޫޑިއޯތައް ހަދައި، މަސައްކަތްތަކަށް ބޭނުންވާނެ އެންމެހާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް ރައީސް މުޢިއްޒު މީގެކުރިން ވިދާޅުވެފައިވެއެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close