ޚަބަރު

ރައީސް މުޢިއްޒު މަގާމުން ވަކިކުރަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: ޢަބްދުއްރަޙީމް

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ ކަމަށާއި، ސަރުކާރު ވައްޓާލުމަށް ކުރާ އެއްވެސް މަސައްކަތަކަށް ފުރުޞަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ވެރިކަން ބަދަލުކުރާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ އިދިކޮޅު އެމްޑީޕީއަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޤާބިލުކަން ހުރި ބައެއް ނޫން ކަމަށާއި، ދިވެހި ރައްޔިތުން ތިބީ ރައީސް މުޢިއްޒާއި މި ސަރުކާރާއެކު ކަމަށެވެ. އަދި މަޖިލީހަށް ހޮވަންވާނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެއްބާރުލުން ދޭނެ މެންބަރުން ކަމަށް ފާހަގަކުރައްވައި، އައްޑޫގެ މުހިއްމު ބިނާތަކުގައި މާޒީގައި ހުޅުޖެހި ބައެއްގެ ކެންޑިޑޭޓަކު އެ ސިޓީގެ ރައްޔިތުން ބަލައިނުގަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޕީއެންސީގެ ފަރާތުން އެ ގޮނޑިއަށް ވާދަކުރައްވަނީ އަޙްމަދު ސަޢީދެވެ. މި އިންތިހާބު ކާމިޔާބުކުރާނީ އެ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ސިނާންގެ މަސައްކަތްޕުޅާއެކު ކަމަށާއި، އެ ގޮނޑި ޙައްޤުވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close