ޚަބަރު

ފެނަކައިގެ އެމްޑީގެ މަގާމަށް މުޙައްމަދު ޢަފީފް އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު ޢަފީފް ޙުސައިން މިއަދު އައްޔަންކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނި ގޮތުގައި، މިއަދުން ފެށިގެން އެ މަގާމަށް އައްޔަންކުރެއްވި ޢަފީފް އެންމެ ފަހުން ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގައެވެ.

ޢަފީފަކީ މީގެ ކުރިން ސްޓެލްކޯ އާއި ފެނަކައިގެ ޗެއާމަންކަން ވެސް ކުރައްވާފައިވާ، ހަކަތައާއި ފެނުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. މީގެ އިތުރުން ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ޢަފީފް ވަނީ ދައުލަތަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ. އޭނާއަކީ ޝަރީޢާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ފެނަކައިގެ ހިންގުމާ އަލަށް ހަވާލުވެވަޑައިގެންނެވި ޢަފީފަކީ ސިންގަޕޫރު މެނޭޖްމަންޓް ޔުނިވަރސިޓީން ޑައިރެކްޓަރޝިޕްގެ ފަންނީ ތަމްރީނު ވެސް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީއާއި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފުޅާކުރުމުގައި އޭނާ ވަނީ މީގެ ކުރިން ވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close