ޚަބަރު

އުރުދޫ ބަހާއި ސާންސްކްރިތް ބަސް ދަސްކޮށްދޭ ކޯސްތަކެއް އެކަޑަމީން ހިންގަން ނިންމައިފި

އުރުދޫ ބަހާއި ސާންސްކްރިތް ބަސް ދަސްކޮށްދިނުމުގެ ކޯސްތަކެއް ދިވެހި ބަހުގެ އެކަޑަމީން ހިންގަން ނިންމައިފިއެވެ. ޢެކަޑަމީން ވިދާޅުވީ އުރުދޫ ބަސް ދަސްކޮށްދިނުމުގެ ހިންގުމަށް ހަމަޖެހިފައިވަނީ އެޑްވާންސް ކޯހެއްކަމަށެވެ.. އަދި ސާންސްކްރިތް ބަސް ދަސްކޮށްދިނުމަށް ހިންގުމަށް ހަމަޖެހިފައިވަނީ ބޭސިކް ކޯހެއްކަމަށްވެސް ބަހުގެ އެކަޑަމީން ވިދާޅުވެއެވެ.

މި ކޯސްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ. އަދި މި ކޯހުގެ މުއްދަތަކީ 5 މަސްދުވަހެވެ.

މި ކޯސްތައް ކުރިޔަށް ގެންދިޔުމުގެ މަޤްޞަދަކީ އުރުދޫ ބަހާއި ސާންސްކްރިތް ބަސް ދަސްކޮށްދިނުމުގެ އިތުރުން މި ދެބަހުގެ އަދަބުގެ މުއްސަނދިކަމުގެ ތެރެއިން ދިވެހި އަދަބިއްޔާތަށް އިތުރު ފަހި ކަމެއް ލިބުމަށް މަގުފަހިކޮށްދިނުންކަމަށް ބަހުގެ އެކަޑަމީން ވިދާޅުވެއެވެ.

މި ކޯސްތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ އެ ފުރުސަތު އަންނަ މަހުގެ4 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close