ތ. ގުރައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރައީސް ޑރ. މުޢިއްޒު ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގުރައިދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރަައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައިފިއެވެ.
ADS BY: VB
ތ. ގުރައިދޫ ކައުންސިލް އިދާރާގައި ބޭއްވުނު މިބައްދަލުވުމުގައި, ގުރައިދޫ ކައުންސިލުން ވަނީ ގުރައިދޫ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސްއާއި ހިއްސާ ކުރައްވާފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް ވަނީ އެކޮމިޓީއިން ކުރިއަށް ކުރަން ރާވާފައިހުރި ކަންތައްތަކާއި އަންހެނުންގެ ތަރައްޤީއަށް ކުރެވޭ އެކި މަސައްކަތްތަކުގައި ހުރި ދަތިތައް ރައީސްއާއި ހިއްސާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސިޓީސް, ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކްވޯކްސް އާދަމް ޝަރީފް އުމަރު، ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން ގުރައިދޫ ކައުންސިލްގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
