އެޕަލްގެ ވިޝަން ޕްރޯ ހެޑްސެޓް ނެރެން ކުރިން ގަސްތުކުރި އަދަދަށް ވުރެ މަދުކުރަން ޖެހިއްޖެ

އެޕަލްއިން މިދިޔަ މަހު ތައާރަފުކުރި އޮގްމެންޓެޑް ރިއަލިޓީ ހެޑްސެޓް ވިޝަން ޕްރޯ އުފައްދާނެ އަދަދަށް ބަދަލުތަކެއް ގެންނަން އެޕަލްއަށް މަޖުބޫރުވެފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް (އެފްޓީ)އިން ބުނެފިއެވެ.
އެޕަލްގެ އުފެއްދުންތައް އެސެމްބަލް ކުރާ ހަމައެކަނި ކުންފުނި ކަމަށްވާ ޗައިނާގެ ލަކްސްޝެއާ އާއި އެޕަލްއާ ގުޅުންހުރި ފަރާތަކާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ، ލަކްސްޝެއާ އިން އަންނަ އަހަރު އުފައްދަން ކަނޑައަޅާފައިވަނީ ވިޝަން ޕްރޯގެ ހަތަރު ލައްކަ ޔުނިޓަށްވުރެ މަދު އަދަދެއް ކަމަށެވެ.
ވިޝަން ޕްރޯގެ ބައެއް ކޮމްޕޯނެންޓްތައް ސަޕްލައިކުރާ ޗައިނާގެ ދެ ސަޕްލަޔަރަކާ ހަވާލާދީ އެފްޓީއިން ބުނީ 130،000އާއި 150،000އާ ދެމެދު މިންވަރަކަށް ވިޝަން ޕްރޯ އުފައްދަން ބޭނުންވާ ކޮމްޕޯނެންޓް ހޯދުމަށް އެޕަލްއިން ޗައިނާގެ ދެ ސަޕްލަޔަރަކަށް އޯޑަރު ދީފައިވާ ކަމަށެވެ.
މި ދެ ޕްރޮޖެކްޝަންގެ މާނައަކީ ފުރަތަމަ 12 މަސް ދުވަހުގެ ތެރޭގައި ހެޑްސެޓްގެ އިންޓާނަލް ސޭލްސް އެޕަލްގެ ޓާގެޓަށް ވުރެ ވަރަށް ބޮޑަށް ދަށްވާނެ ކަމުގެ ނިޝާނެއް ކަމަށް ފައިނޭންޝަލް ޓައިމްސްގެ ރިޕޯޓުގައި ވެއެވެ.
އެޕަލްގެ ހެޑްސެޓްގެ ސޭލްސް ޓާގެޓްތަކަށް ވާސިލް ނުވެވުމުގެ ފަހަތުގައި ވަނީ ހެޑްސެޓް ޑިޒައިންގެ ކޮމްޕްލިކޭޝަން އާއި އުފެއްދުމުގައި ހުރި ދަތިތަކާއި، ޑިވައިސްގެ މިހާރަށް ވުރެ އަގުހެޔޮ ވާޝަނެއް ގެނައުމުގެ ޕްލޭންތައް ފަހަތަށް ޖެހިފައިވާތީ ކަމަށް އެފްޓީއިން ނެރުނު ރިޕޯޓްގައި ބުނެފައިވެއެވެ.
ވިޝަން ޕްރޯގެ އަގުތައް ފަށާނީ އެޕަލްގެ ވާދަވެރި ކުންފުނި މެޓާގެ މިކްސްޑް އަދި ވާޗުއަލް ރިއަލިޓީ ޑިވައިސްތަކުގެ ލައިންގައި ހިމެނޭ ޕްރިސެސްޓް ހެޑްސެޓްގެ އަގުގެ ތިން ގުނަ އަށް ވުރެ ބޮޑު އަގަކަށް، 3،499 ޑޮލަރުން ކަމަށް އެފްޓީ ރިޕޯޓްގައި ބުނެފައިވެއެވެ.
މިދިޔަ ހަފުތާގައި އެޕަލްގެ މާކެޓް ކެޕިޓަލައިޒޭޝަން 3 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށާއި، އެފަދަ ބޮޑު ކުރިއެރުމެއް ލިބުނީ އެޕަލްގެ އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ވިޝަން ޕްރޯފަދަ ޕްރޮޑަކްޓްތަކުގެ މާކެޓަށް ގިނަ އިންވެސްޓަރުން ތަކެއްގެ ޝައުޤުވެރިން ފާޅުކުރުމުން ކަމަށްވެސް އެ ރިޕޯޓްގައިބުނެފައި ވެއެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ލިސްޓުގައި ހިމެނޭ އެޕަލް ކުންފުނީގެ ހިއްސާ ހުކުރު ދުވަހު ހެނދުނު 1.3 ޕަސެންޓް އިތުރުވެ 191.99 ޑޮލަރަށް ވަނީ އަރާފައެވެ.
އެޕަލް ވިޝަން ޕްރޯ އަކީ އެޕަލް އިންކް އިން އުފެއްދި އެޑްވާންސް ޓެކްނޮލޮޖީއެކެވެ. ކޮމްޕިއުޓަރ ވިޝަން، މެޝިން ލަރނިންގ އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ބިންގަލުގެ މައްޗަށް ބިނާކޮށްފައިވާ އެޕަލް ވިޝަން ޕްރޯއަކީ އެޕަލްގެ އުފެއްދުންތައް އިތުރަށް ފުޅާކޮށް އިމޭޖް އަދި ވީޑިއޯ އެނަލިސިސްގެ ޤާބިލުކަން އިތުރުކޮށްދޭ އުފެއްދުމެކެވެ.
މި ޓެކްނޮލޮޖީއާއެކު އައިފޯނާއި އައިޕެޑް ފަދަ ޑިވައިސްތަކުން ރިއަލް ޓައިމްގައި އެއްޗެހިތަކާއި މަންޒަރުތަކާއި މޫނުތައް ދެނެގަނެ ވިސްނައި، ބާރުގަދަ ފީޗާތަކާއި ތަޖުރިބާތައް ކުރެވޭނެ އެވެ.
ރަނގަޅު ކެމެރާ ފަންކްޝަނަލިޓީއިން ފެށިގެން އޮގްމެންޓެޑް ރިއަލިޓީ އެޕްލިކޭޝަންތަކަށް އެޕަލް ވިޝަން ޕްރޯ އަކީ އެޕަލްގެ އެހެނިހެން ޑިވައިސްތަކާއި ވަށައިގެންވާ ދުނިޔެއާ މުއާމަލާތްކުރާ ގޮތަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ ގާބިލުކަން ލިބިފައިވާ އުފެއްދުމެކެވެ.


