ޚަބަރު

ލަންދޫގައި ތަރައްޤީކުރާ ސައިޓް މިއުޒިއަމްގެ ބިން ކޮންޓްރެކްޓަރާއި ޙަވާލުކޮށްފި

މިނިސްޓްރީ އޮފް އާރޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖްގެ ފަރާތުން ނ.ލަންދޫގައި ތަރައްޤީކުރާ ސައިޓް މިއުޒިއަމްގެ ބިން މިއަދު އެ މަސައްކަތުގެ ކޮންޓްރެކްޓަރާއި ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އާރޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖްގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޠާރިޤު ހިމެނިވަޑައިގަންނަވާ ގޮތުން، އެމިނިސްޓްރީގެ ވަފުދެއް ލަންދުއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިއުޒިއަމް އަޅާ ބިން ކޮންޓްރެކްޓަރާއި މިއަދު ހަވާލުކޮށްފައިވާއިރު، މިމަޝްރޫޢު ހަވާލުކޮށްފައިވަނީ މުޅި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި 9 މަސްދުވަހުން ނިންމާގޮތަށެވެ.

4.5 މިލިއަން ރުފިޔާއަށް މިއުޒިއަމްގެ ފުރަތަމަ ފިޔަވަހީގެ މި މަސައްކަތް ކުރާ ގޮތަށް ޙަވާލުކޮށްފައިވަނީ “ގެދޮރު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް” އާއެވެ.  

ނ.ލަންދޫ ހެލްތްސެންޓަރުގެ ސެމިނާރ ރޫމްގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި ރަށުގެ ހުރިހާ މުވައްސަސާތަކުން އެ މުއައްސަސާތަކުގެ ވެރިންނާއި، ބައެއް މުވައްޒަފުން ބައިވެރިވެލައްވާފައިވެއެވެ.

ލަންދޫ މާބަދިގެ ސަރަހައްދު ރައްކާތެރިކޮށް، ތަރައްގީ ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމެން އެންމެ އަހަރަކަށް ވެފައިވާއިރު، ލަންދޫގައި ޤާއިމް ކުރާ ދާރުލް އާސާރުގެ ޢަމަލީ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް އޮތް 9 މަސްދުވަހުގެ ތެރޭގައި ނިންމުމަށް މި މިސައްކަތުގެ ކޮންޓްރެކްޓަރަށް ވަނީ މަތިކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close