ދީން
ޤަޟާހާޖާ ކުރާއިރު އިންނަންވީ ޤިބުލައަށް ކުރިމަތިލައިގެންތޯ؟
ސުވާލު:
ޤަޟާހާޖާ ކުރާއިރު އިންނަންވީ ވަކިގޮތެއް އޮވޭތޯ ނުވަތަ އެންމެ ރަނގަޅު ގޮތަކީ ޤިބުލައަށް ކުރިމަތިލައިގެންއިނުންތޯ؟
ޖަވާބު:
ބަންދުތަނެއްގައި ނަމަ ކޮންމެ ދިމާއަކަށް އިންނަމަވެސް މައްސަލައެއްނެތެވެ. ނަމަވެސް ހާމަތަނެއްގައި އިނދެ ޤަޟާހާޖާ ކުރާނަމަ ޤިބުލައަށް ކުރިމަތިވާގޮތަށް ނުވަތަ ފުރަގަސްވާގޮތަށް އިނދެގެން ނުވާނެއެވެ.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟް ޢަބުދުއްލަތީފް

