ޚަބަރު

ޑެންގީގައި މިއަދުގެ ދެވަނަ މަރު، އެންމެފަހުން ނިޔާވީ 9 އަހަރުގެ ކުޑަކުއްޖެއް

ޑެންގީހުން ޖެހިގެން މިއަދު އުމުރުން 9 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވެއްޖެ އެވެ.

ޑެންގީ ހުންޖެހިގެން ކުޑަ ކުއްޖަކު ނިޔާވި އިރު، އުމުރުން 21 އަހަރުގެ ޒުވާނެއް ވެސް ވަނީ މިއަދު އެބަލީގައި ނިޔާވެފައެވެ.

ފަހުން ނިޔާވީ އުމުރުން ނުވަ އަހަރުގެ ލ. ފޮނަދޫ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ނިޔާވީ ހާލު ސީރިއަސްވެގެން މާލެ ގެނެސް އައިޖީއެމްއެޗުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު އެވެ.

ގުޅުންހުރި ލިޔުންތައް

ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒު އޮންލައިން ނޫސް “ދުވަސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިކަމަށް އެނޫހުގައި ބުނެފައިވަނީ އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އޭގެ ކުރިން ފަރުވާ ދީފައިވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ކަމަށް ރިޔާޒު ވިދާޅުވި އެވެ.

މިއީ ޑެންގީ ހުމުގެ މިއަދުގެ ދެވަނަ މަރެވެ.

މިއަދު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ޒުވާން ފިރިހެނަކު ވަނީ ނިޔާވެފައި އެވެ. ރޭ އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވަނީ އެއަތޮޅު ދުވާފަރު އުމުރުން 21 އަހަރުގެ އަތޫފް އަހުމަދު އެވެ.

މި ދެ އަތޮޅާއި މާލޭގައި ހަލުވި ކަމާއި އެކު ޑެންގޫ ފެތުރެމުންދާކަން އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ކުރިން ވިދާޅުވެފައިވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close