ޚަބަރު

މާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އަޅަނީ

ސަރުކާރުން މާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައިވާކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސަރުކާރުން އަތޮޅުތަކަށް ޚާއްޞަކޮށްގެން ތަޢާރަފުކޮށްފައިވާ ގެދޮރުވެރިޔާގެ ލޯން ސްކީމުގެ ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވީ، އަތޮޅުތަކަށް ޚާއްޞަކޮށް ގެދޮރުވެރިޔާ ލޯން ސްކީމްގެ ތެރެއިން (ހަދަންފަށާފަ ހުރިގެތަކަށް) 7 ލައްކަ ރުފިޔާއަށް ހަމައަށް ލޯން ލިބިގެންދާނެކަމަށެވެ.

އަދި މާލޭގެ ބޯހިޔާވަހިކަމުގެ މަތިން ހަނދުމަފުޅު ނުނެތޭކަމަށާއި އެގޮތުން މާލޭގެ ބޯހިޔާވަހިކަމަށް 1000 ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް މިހާރު ފެށިފައިވާކަމަށާއި 6000 ހައުސިންގ ޔުނިޓް ގެ މަސައްކަތް 3 ފަރާތަކަށް ހަވާލުކުރެވިފައިވާ ކަމަށާއި އަދި މީގެ އިތުރުން އިތުރު 4000 ޔުނިޓް އެޅުމަށް މަސައްކަތްތެރިން ހޯދުމަށް އިޢުލާން ކުރެވިފައިވާކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close