ޚަބަރު

އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގި އިތުރު ތިން މީހަކު ހައްޔަރުކޮށްފި


ގިނައަދެއްގެ ދިވެހި ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ބަނގުލާދޭޝްގެ އަލަމްގިރި އާއި އެކު އެއަމަލު ހިންގި ކަމުގެ ތުހުމުގައި އިތުރު ތިން ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކާއި ގުޅިގެން ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 44 އަހަރުގެ މީހާއަށް 10 ދުވަސް، 47 އަހަރުގެ މީހާއަށް 10 ދުވަސް އަދި 50 އަހަރުގެ މީހާއަށް 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއާއެކު މިފަދަ މައްސަލަތަކުގައި ބަންދު ގައި ތިބި މީހުންގެ އަދަދު ވަނީ ހަ އަކަށް އަރާފައެވެ.

މިދިޔަ އަންގާރަ ދުވަހުވެސް މި މައްސަލައިގައި ތިން މީހަކު ހައްޔަރު ކުރިއެވެ.

މި މީހުންނާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މީގެ ދެތިން މަސް ދުވަސް ކުރިން ފެންމަތިވި އަލަމްގިރު މައްސަލައިގައި ހިމެނޭ ބައެކެވެ.

އަލަމްގިރު މައްސަލައިގައި އިތުރު ހަ މީހަކު ހައްޔަރު ކުރުމުން އެމައްސަލައިގައި ހައްޔަރުކުރި މީހުންގެ ޖުމްލަ އަދަދު މިވަނީ 9 އަށް އަރާފައެވެ. މި މީހުންގެ އިތުރުން ދެން ހައްޔަރުކޮށް އަދި މިހާރު ދައުވާ އުފުލާފައި ވަނީ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއު އަށެވެ.

މީޑިއާގައި ލީކްވެފައިވާ އަލަމްގިރުގެ ބަޔާނުގައި އޭނާ ބުނެފައިވާ ގޮތުގައި އޭނާ ވަނީ 45 އާއި 50 އާއި ދެމެދުގެ އަދަދެއްގެ މީހުންނާއި އެއްޖިންސިން ގުޅުން ހިންގި މައްސަލަ ވީޑިއޯ ކޮށްފައެވެ. ނަމަވެސް އޭނާ ވީޑިއޯނުކޮށް އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް ވުރެ ގިނަ ކަމަށް ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close