ބޭރުދުނިޔެ

“ޔޫ އާ ބޮމްބަރ” އެސްއެމްއެސް އަކުން ލިބުނު އިންޒާރަކާއެކު ފްލައިޓެއްގެ ފުރުން ލަސްވެއްޖެ

ނިއުދިއްލީ [އިންޑިއާ]، އޮގަސްޓް 15 (އޭއެންއައި): 14 އޮގަސްޓް ހެނދުނު 10:44 ގައި ފުރަން އޮތް އިންޑިގޯ މެންގަލޫރު -މުމްބާއީގެ ފްލައިޓް ނަންބަރު 6އީ-5237 އިން އިންޑިގޯގެ ފަޅުވެރިންނަށް ލިބުނު އިންޒާރަކާއެކު އެތައްގަޑިއިރަކަށް ފްލައިޓް ފުރުން ލަސްކޮށްފިއެވެ.

އަންހެން ފަސިންޖަރަކު ފޯނަށް ލިބުނު އެސްއެމްއެސް އަކީ “ޔޫ އާ ބޮމްބަރ” އެވެ. އެމެސެޖް އެހެން ފަރާތްތަކަށް އެންގުމުން ފަސް ގަޑިއިރަށް ވުރެ ގިނައިރު ވަންދެން އެ ފްލައިޓް ފުރުން ލަސްކުރިއެވެ.

އެއާޕޯޓުގެ އޮފިޝަލް ވިދާޅުވި ގޮތުގައި “ބޯޓުގައި އިން މީހެއްގެ މޯބައިލް ފޯނުން އަންހެން ފަސިންޖަރަކަށް މެސެޖެއް ފެނުމުން އެއާލައިންގެ ފަޅުވެރިންނަށް އެކަން އަންގާފައި ވަނީ. އެކަން އެއާޕޯޓުގެ ފަޅުވެރިން އެއާ ޓްރެފިކް ކޮންޓްރޯލާ (އޭޓީސީ) އަށް ރިޕޯޓްކޮށް މަތިންދާބޯޓު ގްރައުންޑް ކުރަން ޖެހުނީ އެގޮތަށް.” އެއީ އުދުހެން ތައްޔާރަށް އޮތް ފްލައިޓެއް،” އެއާޕޯޓުގެ އޮފިޝަލަކު އޭއެންއައި އަށް ވިދާޅުވި އެވެ.

“އޭވިއޭޝަން ސެކިއުރިޓީއަށް ވަގުތުން ގުޅައިގެން އެއާޕޯޓް ފުލުހުން ޝައްކު ކުރެވޭ ފަސިންޖަރާ އެކު ތަހުގީގެއް ފެށި… އަދި އެމީހުން ފޭބުމަށް އެންގި ލަގެޖު ފުރިހަމައަށް ބަލާފާސްކުރި. ​​ހަމައެކަނި އޭރު އިންޑިގޯ މަތިންދާބޯޓަށް ހުކުރު ދުވަހުގެ ހަވީރު މުމްބާއީއަށް އުދުހުމުގެ ހުއްދަ ދިނީ،” އެއާޕޯޓް މައުލޫމާތު ދިން މީހުން އޭއެންއައި އަށް ބުންޏެވެ.

ތަހުގީގުގެ ތެރެއިން އެނގުނު ގޮތުގައި “އެމީހާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ލޯބިވެރިޔާ އާއި އެވެ. އެކަމުގެ ސަބަބުން އެމީހާއަށް ބޯޓަށް އެރުމުގެ ހުއްދައެއް ނުދެވުނެވެ.” އެ މަސްދަރުތަކުން ބުންޏެވެ.

ޚާއްސަކޮށް އެއާޕޯޓްތަކުގައި ސަލާމަތީ އިދާރާތައް އަބަދުވެސް ހުންނަނީ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ހައި އެލާޓްގަ އެވެ.

ކުށްލި ތަހްޤީޤަކަށްފަހުން އެއީ ދޮގު އެލާމެއް ކަމަށް އިއުލާން ކުރެވުނެވެ.

މަތީގައިވާ ހާދިސާއާ ގުޅޭ ގޮތުން އިންޑިގޯ އިން ރަސްމީކޮށް އެއްޗެއް ނުބުނާ ކަމަށް އޭއެންއައި އިން ރިޕޯޓްކޮށްފައިވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close