ބޭރުދުނިޔެ

އިންޑިއާގެ މޯލެއްގައި ހަތިޔާރު އެޅި މީހަކު ބަޑިޖަހައި ތިން މީހުން މަރާލައިފި

އިންޑިއާގެ މޯލެއްގައި ހަތިޔާރު އެޅި މީހަކު ބަޑިޖަހައި ތިން މީހުން މަރާލައިފިއެވެ.

ގްރީންވުޑް ޕޮލިސް ޗީފް ޖިމް އައިސަންއާ ހަވާލާދީ އިންޑިއާނާޕޮލިސް ސްޓާ ނޫހުން ރިޕޯޓްކުރާ ގޮތުގައި ގްރީންވުޑް ޕާކް މޯލްގައި ރޭ ފަތިހު ހިނގި މި ހާދިސާގައި އިތުރު ބަޔަކަށްވެސް ވަނީ އަނިޔާވެފަ އެވެ.

އެ ނޫހުގައި ބުނެފައި ވަނީ ފުލުހުން ގަބޫލުކުރާ ގޮތުގައި ހަތިޔާރު އެޅި މީހަކު ބަޑީގެ ހަމަލާދިން މަންޒަރު ދުށް ކަމަށާއި ބަޑީގެ ހަމަލާދިން މީހާގެ ގައިގައި އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.

އެ ނޫހުން ބުނީ ޝޫޓަރު ހުރީ އެކަނި ކަމަށާއި އޭނާގެ އަތުގައި ރައިފަލް އަކާއި ގިނަ އަދަދެއްގެ ގޮވާތަކެތި ހުރި ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހުންނާއި، ބަޑީގެ ހަމަލާދިން މީހުންނާއި، މަންޒަރު ބަލަން ތިބި މީހުންގެ ނަންތައް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ޝޫޓިންތައް ހިނގާފައި މިވަނީ އެމެރިކާގެ ގައި ސްކޫލްތަކާއި، މަސައްކަތު މާހައުލުތަކާއި، އާންމު ސަރަހައްދުތަކުގައި ދީފައިވާ މިފަދަ ހަމަލާތަކެއް ގެ ސަބަބުން ގިނަ ބައެއްގެ ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ނިއުޔޯކްގެ ތަރުކާރީ ވިއްކާ ފިހާރައަކާއި ޓެކްސަސްގެ އެލިމެންޓަރީ ސްކޫލަކާއި އިލިނޯއީގެ މިނިވަން ދުވަހުގެ ޕެރޭޑެއްގައި މިދިޔަ މެއި މަހުން ފެށިގެން ބަޑީގެ ހަމަލާތައް ގިނަވެ، ބަޑީގެ ގަވާއިދުތަކާ މެދު އެމެރިކާގެ ވަރުގަދަ ބަހުސްތަކެއް ވެސް ވަނީ ފެށިފަ އެވެ.

ހަތިޔާރު ގެންގުޅުން މަނާކުރާ ގާނޫނެއް އެމެރިކާގެ ހައުސް ޖުޑިޝަރީ ކޮމިޓީން މި ހަފްތާގައި ފާސްކުރާނެ ކަމަށް އެ ޕެނަލުން ހުކުރު ދުވަހު ބުނެފައިވެއެވެ. ނަމަވެސް ސެނެޓުން އެޤާނޫނު ފާސްވާނެ ކަމަކަށް ނުބެލެވެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close