ކުއްލި ޚަބަރު

ރުއްތަކެއް ނަގަން އުޅުމުގެ ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެ

ރުއްތަކެއް ނަގަން އުޅުމުގެ ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެ

އެކްސްކަވޭޓަރ ބޭނުންކޮށްގެން ރުއްތަކެއް ނަގަން އުޅުމުގެ ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ބިދޭސިއަކު ނިވާވެއްޖެއެވެ.

މި ހާދިސާ ހިނގީ މިއަދު ހަވީރު 4:00 ހާއިރު ނ.ލަންދޫ ގައެވެ.

ހާދިސާ ހިނގިއިރު އެތާންގައި ހުރި މީހަކު ނާރެސްއަށް ކިޔައިދިން ގޮތުގައި އެމީހާ މަރުވީ އެކްސްކަވޭޓަރު ބޭނުންކޮގެން ނެގި ރުކެއް ލޭންޑިންގ ކްރާފްޓަށް ލޯޑް ކުރަން އުޅުމުގެ ތެރޭގައެވެ.

އެކްސްކަވޭޓަރުގައި ރުއް އެލުވައިގެން މައްޗަށް ނެގިއިރު އެމީހާހުރީ ލޭންޑިންގ ކްރާފްޓްތެރޭގައެވެ. ރުއް ތިރިކުރި އިރު ރުކުގެ ބުޑުން ނައްޓައިލައިގެން ވެއްޓުނު ވަރަށްބޮޑު ކިސަނޑުގަނޑެއް (ވެއްޔާ ގަލާއެކު) އެމީހާގެ ބޯމައްޗަށް ވެއްޓި އެމީހާ އޭގެ ދަށުވީ ކަމަށް މަންޒަރު ދުށް މީހާކު ނާރެސް އަށް ކިޔައިދިނެވެ.

މަންޒަރުދުށް މީހާ ކިޔައިދިން ގޮތުގައި ވެލިގަނޑުގެ ދަށުން އެމީހާ ނެގުނީ ގާތްގަޑަކަށް 10 މިނިޓްފަހުންނެވެ. ދެން މަސައްކަތްކުރަން ބޭނުންކުރި ލޮރީއަށް އަރުވައިގެން ލަންދޫ ސިއްޙީ މަރުކަޒަށް ގެނައީ ކަމަށް އެމީހާބުންޏެވެ.

ލަންދޫ ސިއްހީ މަރުކަޒުގެ މެނޭޖަރ އަލްފާޟިލް ޖައުފަރު ރަޝީދު ނާރެސް އަށް ވިދާޅުވިގޮތުގައި މިހާދިސާގައި ނިޔާވި ބިދޭސީ މީހާ ސިއްޙީ މަރުކަޒަށް ގެނައި އިރުވެސް އޮތީ މަރުވެފައެވެ.

މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close