ބޭރުދުނިޔެ

ޔޫކްރެއިންގައި ރަޝިއާ ސިފައިން ، ރޭޕްކުރުމާއި، މީހުން މެރުމާއި، ލާއިންސާނީ ޢަމަލުތައްދަނީ ހިންގަމުން: އެމެރިކާ

ޔޫކްރެއިންގައި ރަޝިއާ ސިފައިން ، ރޭޕްކުރުމާއި، މީހުން މެރުމާއި، ލާއިންސާނީ ޢަމަލުތައް ހިންގަމުންދާކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ބުރާސްފަތި ދުވަހު ވިދާޅުވީ، ޔޫކްރެއިންގެ އާންމުން ކޮންމެ ދުވަހަކު ރަޝިޔާގެ އަތްދަށުން “ޓޯޗާ، ރޭޕް އަދި މީހުން މެރުމުގެ” އަމަލުތައް ހިންގާ ކަމުގެ އިތުބާރު ހުރި ރިޕޯޓްތައް ލިބެމުންދާ ކަމަށެވެ.

“ކޮންމެ ދުވަހަކާއެކު، ރޭޕްކުރުމާއި، މީހުން މެރުމާއި، އަދި ލާއިންސާނީ އަނިޔާގެ ވާހަކަތައް ދަނީ އިތުރުވަމުން،” ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަކަށްފަހު ނޭޓޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބްލިންކެން ވިދާޅުވިއެވެ.

މި ހަފްތާގެ ކުރީކޮޅު ޔޫކްރެއިންގެ ބުޗާ ނަމަކަށް ކިޔާ ޓައުނަށް ވަދެ، ރަޝިއާ ސިފައިން ވަނީ 410 އަށް ވުރެ ގިނަ މީހުން މަރާލާފައެވެ. އެމީހުން ވަނީ އާންމުން “މަރައި” ބޮޑެތި ވަޅުތަކަށް އަޅައި، އަދި މަގުމައްޗަށް ދޫކޮށްލި ހަށިތަކުގެ ފޮޓޯތައް ހިއްސާކޮށްފައެވެ. އަދި ބައެއް މީހުން ފުރަގަހަށް އަތް ބަނދެފައި ވާ ފޮޓޯތައްވެސް ވަނީ ފެނިފަ އެވެ.

“ބްޗާސިޓީފަދަ އެތައްސިޓީތަކެއް ރަޝިޔާއިން ހިފާފައި އެބަހުރި، އަދިވެސް އިތުރު ސިޓީތަކަށް ދަނީ އަހަރަމުން، ރަޝިއާ ސިފައިން މިހާރު އިތުރު ޖަރީމާތައް ހިންގަމުންދާ ކަމަށް އަޅުގަނޑުމެން ނަށް ޝައްކު ކުރުމުގެ ފުރުޞަތު އެބައޮތް،” ބްލިންކެން އިތުރަށް ވިދާޅުވި އެވެ.

އެމެރިކާގެ އެންމެ އިސް ޑިޕްލޮމޭޓް ވިދާޅުވީ ރަޝިޔާގެ އިންގިލާބާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ބޭނުންވާ ހަތިޔާރު ޔޫކްރެއިން އަށް ފޮނުވުމަށް ވޮޝިންޓަނުން އެއްވެސް ކަމަކަށް ހުރަސް އަޅާނެ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. “ޔޫކްރެއިންގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިފެކްޓިވް ކޮށް ދެވިދާނެ ކަމަށް ގަބޫލުކުރެވޭ ކަންތައްތަކަށް އެއްވެސް ހުރަހެއް ނާޅާނަން.

މޮސްކޯއިން ޔޫކްރެއިންގެ އިރުމަތީ ގައި ހަމަލާ ދޭން ފެށުމާއެކު އިތުރު ހަތިޔާރު ވަގުތުން ވަގުތަށް ދިނުމަށް ކިއޭވް ވަނީ ގޮވާލާފައެވެ.

“އަޅުގަނޑުމެން މި ބަލަނީ އެމީހުންނަށް އެންމެ ބޮޑަށް ބޭނުންވާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ކޮން ކަމެއްތޯ، މިތަނުގައި މިހާރު ފޯރުކޮށްދެވިފައިވާ އާ ނިޒާމުތައް ހިމެނުމަށް. އެމީހުންނަށް ބޭނުންވާ ކަންކަން އެމީހުންގެ އެސެސްމެންޓްގެ ގޮތުން އަޅުގަނޑުމެން އެއަޑު އަހަމުން މިދަނީ… އަހަރެމެންނަށް ވަރަށް ވަރުގަދަ އަޒުމެއް އެބައޮތް،” ބްލިންކެން ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close