ބޭރުދުނިޔެ

ސައުދީއަރަބިއްޔާއާއި ތުރުކީގެ ހީނަރުވެފައިވާ ގުޅުން ރަނގަޅުވަމުންދާ ކަމަށް އުރުދުޣާން ވިދާޅުވެއްޖެ

އަންކާރާއިން ކުރިއެރުމަށް އިންތިޒާރުކުރަމުންދާއިރު، ސައުދީއަރަބިއްޔާއާއެކު މަޝްވަރާތައް ކުރިއަށް ދާކަމަށް ތުރުކީވިލާތުގެ އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ބުދަ ދުވަހު ވިދާޅުވީ އޭނާގެ ގައުމުން ސައުދީ އަރަބިއްޔާއާއެކު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށާއި އަންކާރާއިން ކުރިއަށް އޮތް މުއްދަތުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

“ސައުދީ އަރަބިއްޔާއާއެކު އަހަރެމެން ގެ ޕޮސިޓިވް ޑައިލޮގް އަދިވެސް ކުރިއަށް އެބަދޭ، އަދި ކުރިއަށް އޮތް މުއްދަތުގެ ތެރޭގައި ހަރުދަނާ ފިޔަވަޅުތަކެއް ގެތެރެއިން ކުރިއެރުމެއް ލިބޭނެ ކަމުގެ އިންތިޒާރުގައި އަޅުގަނޑުމެން މިތިބީ،” އަންގާރަ ދުވަހު ޔޫއޭއީއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގެން މަތިންދާބޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ. އަދި ސައުދިއަރަބިޔާއާއިއެކު މިޕްރޮސެސް ރަނގަޅު މިސްރާބަކަށް ކުރިއަރުވަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އުރުދުޣާން މިހިނގާ ފެބުރުއަރީ މަހު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެ ދެ ގައުމުން ވެސް އެ ދަތުރުފުޅު ކަށަވަރު ކުރުމަށް ރަސްމީ އެއްވެސް ބަޔާނެއް ކޮށްފައެއް ނުވެއެވެ.

ސައުދީގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ، އުރުދުޣާންއާއި ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާ ދެމެދު މުވާސަލާތީ ގުޅުން ތައް އެންމެ ފަހުން އާންމުކޮށްފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި، ދެގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރެއްވި ފޯނު ކޯލެއްގައި ކަމަށެވެ.

ސައުދީ އަރަބިއްޔާއާއި ތުރުކީގެ ގުޅުން ހީނަރުވެފައި މިވަނީ، 2018 ވަނަ އަހަރު އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމާ ގުޅިގެންނެވެ.

ނަމަވެސް ތުރުކީން ވަނީ ސައުދީ އަރަބިއްޔާއާއެކު އޮންނަ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close