ބޭރުދުނިޔެ

ބައިޑަންގެ ސަރުކާރުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދޭންވިސްނަނީ

ނިއުކްލިއަރ އެއްބަސްވުން އަނބުރާ އައުމާ ގުޅޭ މަޝްވަރާތަކަށް ފަންނީ މަޝްވަރާތައް ކުރުމުގެ ފުރުސަތު ދިނުމަށް އީރާނަށް މާފު ދޭން ޖެހޭ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

2020 ވަނަ އަހަރުގެ މެއި މަހު ޓްރަމްޕްގެ ސަރުކާރުން އުވާލި މި މާފުގެ ސަބަބުން ރަޝިއާ، ޗައިނާ އަދި ޔޫރަޕްގެ ކުންފުނިތަކަށް އީރާނުގެ ނިއުކްލިއާ ސައިޓްތަކުގައި ނޮން-ޕްރޮލިފަރޭޝަން ގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ވަނީ ދީފައެވެ.

މި މާފު ދޭން ބޭނުންވަނީ، ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) ގެ ނަމުން ރަސްމީކޮށް މަޝްހޫރުވެފައިވާ މި އެއްބަސްވުމަށް އަލުން ރުޖޫއަވުމާ ބެހޭ މަޝްވަރާތަކުގެ މައި ތަނބަކަށް ވާ ޓެކްނިކަލް މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލު ވިދާޅުވި އެވެ.

މާފުދިނުމުން ފަހިކޮށްދިން ފަންނީ މަޝްވަރާތަކަކީ ޖޭސީޕީއޯއޭގެ މަޝްވަރާތަކުގެ އެންމެ ފަހު ހަފުތާތަކުގައި ކޮންމެހެން ވެސް ކުރަން ޖެހޭ މަޝްވަރާތަކެއް،” ނިއުކްލިއާ ހަތިޔާރު ނުފެތުރުމާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެންމެ ފަހުގެ އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، އެ މާފު ދިނުމަކީ މުޅި ދުނިޔޭގެ މަސްލަހަތު ހިމެނޭ މަޝްވަރާތަކެއް ކުރުން މުހިންމު ކަމެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމެރިކާ އާއި އީރާނާ ދެމެދު އޮންނަ ގުޅުމަށް މިކަމުގެ ސަބަބުން ހެޔޮ އަސަރެއް ކުރާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close