ހޫތީންގެ ހަމަލާތަކުން ދިފާއުވުމަށް އެމެރިކާއިން ޔޫއޭއީއަށް ހަނގުރާމަމަތީ މަނަވަރާއި ފައިޓަރ ޖެޓް ފޮނުވަނީ
ޔަމަނުގައި އީރާނުން ވާގިވެރިވާ ހޫތީ ހަނގުރާމަވެރިން ދިން މިސައިލް ހަމަލާތަކަށްފަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް ގެ ދިފާއުގައި އެމެރިކާއިން ގައިޑެޑް މިސައިލް ޑިސްޓްރޯޔާ އަދި އެންމެ ފަހުގެ ހަނގުރާމަމަތީ މަތިންދާ ބޯޓްތައް ފޮނުވާނެ ކަމަށް އެމެރިކާގެ ބަޔާނުގައި ބުނެފި އެވެ.
ޔޫއޭއީގައި ހުންނަ އެމެރިކާ އެމްބަސީން ބުނީ “މިހާރު ކުރިމަތިވެފައިވާ ނުރައްކަލާ ދެކޮޅަށް ޔޫއޭއީއަށް އެހީތެރިވުމަށް” މި ޑިޕްލޮމެޓަކީ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އާއި އަބޫދާބީގެ ވަލީއަހުދު މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ދެމެދު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ.
ޔަމަނުގެ ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރާ އަރަބި ކޯލިޝަންގައި ހިމެނޭ ޔޫއޭއީ އަށް މިދިޔަ މަހު ތިން މިސައިލް ހަމަލާއެއް ދީފައިވާއިރު، ތިން މީހަކު ވަނީ މަރުވެފަ އެވެ.
ގައިޑެޑް މިސައިލް ޑިސްޓްރޯޔާ ޔޫއެސްއެސް ކޯލް ޔޫއޭއީގެ ނޭވީއާ ގުޅިގެން އަބޫދާބީގައި ޕޯޓް ކޯލެއް ކުރާނެ ކަމަށާއި، އެމެރިކާއިން ފަސްވަނަ ޖެނެރޭޝަންގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތައްވެސް ފޮނުވާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
އަދި މީގެ އިތުރުން، “އަރލީ ވޯނިންގ އިންޓެލިޖެންސް ފޯރުކޮށްދިނުން ކުރިއަށް ގެންދިއުން” ވެސް ހިމެނެއެވެ.


