ބޭރުދުނިޔެ

އެމަނުއެލް މެކްރޯން ފަރަންސޭސި ރައީސްކަމަށް އަލުން އިންތިޚާބުވެވަޑައިގެންފި

ފްރާންސް ގެ ރައީސް އެމަނުއެލް މެކްރޯން ފަރަންސޭސި ރައީސްކަމަށް އަލުން އިންތިޚާބުވެވަޑައިގެންފިއެވެ.

ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން އާދީއްތަ ދުވަހު އަލުން އިންތިޚާބުވެވަޑައިގެންނެވީ ފަރަންސޭސި ވިލާތުގެ ދުރު-ކަނާތު ފިޔައިގެ ކެންޑިޑޭޓް މާރިން ލެ ޕެންއަށް %42 ވޯޓު ލިބިވަޑައިގެންނެވިއިރު، %58 ވޯޓާއެކުގައެވެ.

ފަރަންސޭސިވިލާތުގެ މުސްތަޤްބަލާމެދު މެކްރޮންއާއި ލެ ޕެން ގެންގުޅުއްވާ ތަޞައްވުރު ވަރަށް ތަފާތެވެ.

ދެބޭފުޅުންގެ ތަޞައްވުރު ތަފާތު ބޮޑުވެފައިވާއިރު، މީގެ ފަސް އަހަރު ކުރިން ދެވަނަ ބުރެއްގައި މެކްރޮންއާއި ލެ ޕެން އާ ދެބޭފުޅުން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އިރު ވޯޓްލީ މީހުންނަށްވުރެ މި އިންތިޚާބުގައި ވޯޓުލާން ނުކުތް މީހުންގެ ނިސްބަތް ވަނީ ދަށްވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close