ޚަބަރު

ހުޅުމާލޭގަ ހުންނަ ޓީބޮކްސް ކެފޭއަށް ވަދެ، ބިރުދެއްކި ދެ މީހަކު ހޯދަނީ

ހުޅުމާލޭގަ ހުންނަ ޓީބޮކްސް ކެފޭއަށް ވަދެ، އެ ތަނުގައި ތިބި މުވައްޒަފުން ތަކަކަށް ބިރުދެއްކި މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން، މިދިޔަ މަހުގެ 16 ގެ ދުވާލުގެ ވަގުތެއްގައި، ހުޅުމާލޭގައި ހުންނަ ޓީބޮކްސް ކެފޭއަށް ދެމީހަކު ވަދެ، އެ ތަނުގައި ތިބި މުވައްޒަފުން ތަކަކަށް ވަނީ ބިރު ދައްކާފައެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ހޯދަމުންދާ ދެމީހުންނަކީ ހުޅުމާލެ ފުލުހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ނަމަވެސް ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހުން ކަމަށެވެ.

އެހެންވެ، ފުލުހުން ވަނީ އެ ދެމީހުންގެ ވީޑިއޯއެއް މިއަދު އާންމުކޮށް، އެ ދެމީހުން ހޯދައިދިނުމަށް އެދި އާންމުންގެ ކިބައިން އެދިފައެވެ.

ވީޑިއޯއިން ފެންނަ ގޮތުން، ކެފޭއަށް އެކަކު ވަންނަ އިރު ދެވަނަ މީހާ ހުންނަނީ މަގުމަތީގައެވެ.

އެހެންކަމުން އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ، ހުޅުމާލެ ޕޮލިހަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close