ޚަބަރު

ޖަމްޢިއްޔަތުއް ސަލަފުގެ ބޮޑު ދަރުސް މާދަމާރޭ


ރާއްޖޭގެ އެންމެ ބޮޑު ދީނީ ޖަމްޢިއްޔާ ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ދީނީ ބޮޑު ދަރުހެއް މާދަމާ ރޭ ކާނިވާ ސަރަހައްދުގައި އޮންނާނެކަމަށް އެ ޖަމްޢިއްޔާއިން ހާމަކޮށްފިއެވެ.
ނާރެސްއަށް މަޢުލޫމާތު ލިބޭ ގޮތުގައި މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގެ 21:00 ގައި މާލޭގެ ކާނިވާ ސަރަހައްދުގައެވެ. މި ދަރުސްގައި ދަރުސްދެއްވާނީ ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ކަމަށް އެ ޖަމްޢިއްޔާއިން ހާމަ ކުރައްވައެވެ.
މި ދަރުސަށް އެންމެހާ އަޚުންނާއި އުޚުތުންނަށް އެ ޖަމްޢިއްޔާއިން ދަޢުވަތު އަރުވައެވެ.
މި ދަރުސް އެއްވެސް ޗެނަލަކުން ނުވަތަ ސޯޝަލް މީޑިއާއިން ލައިވް ކުރާކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close