ޚަބަރު

އަޅުގަނޑުގެ ބަޔާނެއް ނަގަން ޔޫކޭއަށް ބަޔަކު އަންނަންޖެހޭ ސަބަބެއް ނުފެނޭ – ރައީސް ނަޝީދު

ކުރީގެ ރައީސް މުހައްމަދުގެ ނަޝީދުގެ ބަޔާނެއް ނެގުމަށް އިނގިރޭސިވިލާތަށް ބަޔަކު އަންނަންޖެހޭ ސަބަބެއް ނުފެންނަކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް ނަގަން ޕީޖީއާއި ފުލުހުންގެ ޓީމެއް އިނގިރޭސި ވިލާތަށް ދާން ނިންމާފައިވަނިކޮށް އިނގިރޭސިވިލާތުގައި މިހާރު ހުންނެވި ރައީސް ނަޝީދު ވިދާޅުވީ ހައެއް މޭގެ ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް ނެގުމަށް އިނގިރޭސިވިލާތަށް ބަޔަކު އަންނަންޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިއީ އެމަނކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއެއް ނޫންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމުގައި ދިވެހި ފުލުހުން އިނގިރޭސިވިލާތުގެ އިދާރާތަކާއި މަޝްވަރާކުރުމަކީ ބޭނުންތެރިކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދުގެ ނަޝީދުގެ ބަޔާނެއް ނެގުމަށް އިނގިރޭސިވިލާތަށް ފުލުހުންނާއީ ޕީޖީގެ ޓީމެއް ދިއުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ ބޮމުގެ ހަމަލާއާ ގުޅިގެން ތަހުގީގަށް ދެއްވަންޖެހޭ ބަޔާން ދެއްވުމަށް ރައީސް މުހައްމަދު ނަޝީދު ހުންނެވީ ތައްޔާރަށްކަމަށް އެމަނިކުފާނުގެ ވަކީލުން ޕީޖީއަށް އެންގުމާއި ގުޅިގެންނެވެ.

ބޮމުގެ ހަމަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ގާނޫނީ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވަކީލު، އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު މީގެކުރިން ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ބަޔާން ދެއްވާނީ މައްސަލައާ ގުޅޭ ލިޔުންތައް ލިބިވަޑައިގަތުމުން ކަމަށެވެ. ނަމަވެސް ނާޒިމް ފަހުން ޕީޖީއަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ، ބޮމުގެ ހަމަލާއާ ގުޅޭގޮތުން ބަޔާންދެއްވުމަށް ރައީސް ނަޝީދު މިހާރު ހުންނެވީ ތައްޔާރަށްކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތަކުގެ އިބްތިދާއީ މަރުހަލާ ނިމުމުގެ ކުރިން ބަޔާން ނެންގެވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މިމައްސަލައިގައި އެންމެ ބޮޑަށް ފާޑުވިދާޅުވެފައިވަނީ ދީނީ ޢިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒާއި ޝައިޚު ޒައިދާ ދެބޭފުޅުންނެވެ.

އެއް ކޮމެންޓް

  1. އަޅުގަޑުބޭނުމީ މިބަޔާންހަނދުގަ ނަގަން އަދި ހަނދުގަ ބޮޑުވަޒީރުކަންކުރަން އަދި އެތާގާ ވަރަށްވައްކޮ ރޮށިފިހެގެން މީރުކޮށް ކާގެން ހަނދުގާބޮޑުވަޒީރުކަންކޮއްގެންއުޅެން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close