ޚަބަރު

ރައީސް ނަޝީދު އަނބުރާ ރާއްޖެ ވަޑައިގަތުމަށް ވަރަށްބޮޑަށް އެދެން – ރައީސް ޞާލިޙު

ހައެއް މެއީ ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާހޯދެއްވުމަށް ފަހު ރައީސް މުހައްމަދު ނަޝީދު އަނބުރާ ރާއްޖެ ވަޑައިގަތުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ރައީސް ނަޝީދަށް މޭ ހައެއްގައި ލިބުނު އަނިޔާތަކުން ފަސޭހަވެ، މިނިވަންކަމާ އެކުގައި ރާއްޖޭގެ ދިރިއުޅޭ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ.

މެއި ހައެއްގެ ހަމަލާއަކީ ވަރަށް ދެރަކޮށް ހިނގިކަމެއް ގޮތުގައި ސިފަ ކުރައްވަމުން ރައީސް ވިދާޅުވީ އެއީ ހިނގައިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާތަނަށް ތަހްގީގަށް އެނގިފައިވާ ގޮތުގައި އެއީ ހަރުކަށި ފިކުރުގެ މީހުން ދިން ހަމަލާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

“އަޅުގަނޑުމެން ދޭންވާ ސަލާމަތާއި ރައްކާތެރިކަން ކުރިއަށްވުރެ ބޮޑަށް ދޭންޖެހިފައި އޮތްކަން މިއަދު ހާމަވޭ. އޭރުވެސް ކުރިއަށް ވުރެ ބޮޑަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް އެދެމުން ދިޔައީ” ރައިސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނަޝީދު އަނބުރާ ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެކަމަށް ހުރަސްނާޅުއްވާނެ ކަމަށާއި އެދިވަޑައިގަންނަވަނީ ވީހާވެސް އަވަހަށް ނަޝީދު ރާއްޖެ ވަޑައިގެން ގައުމީ ހިދުމަތުގައި މަސައްކަތް ކުރެއްވުން ކަމަށެވެ.

ސަރުކާރާއި އެމްއެންޑީއެފްއިން ފޯރުކޮށްދެންޖެހޭ ރައްކާތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށާއި މިހާރު ވެސް ސަލާމަތީ ހިދުމަތްތަކުގެ ސެކިއުރިޓީ ދޭންޖެހޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށްޓަކައި ކުރަންޖެހޭ އިތުރު ހޯދުންތައް ހޯދައި ބޭނުންވާ އާލާތްތައ ހޯދައި އެސްއޯޕީތައް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close