ޚަބަރު

ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑު ބަދަލުތަކާއެކު ގިނަ އިތުރު ޚިދުމަތްތަކެއް

ދިރާގުން އެކުންފުނީގެ ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ޖުލައި މަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް ތަޢާރަފުކޮށްފިއެވެ. މިއައި ބަދަލުތަކާއެކު މިހާރު ބިޒް ފައިބަރ ޚިދުމަތުން ކުރިއަށްވުރެ ގިނަ ކަންތައްތައް ކަސްޓަމަރުންނަށް ކުރެވޭނެއެވެ.

އެގޮތުން މި ގެނެވުނު ބަދަލާއިއެކު އިތުރު ހަރަދަކާ ނުލާ 40% އާއި %150 އާއި ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އަދި ބައެއް ކަސްޓަމަރުންނަށް %100 އާ ހަމައަށް އިތުރު ސްޕީޑް ވެސް ލިބިގެންދާނއެވެ. ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުން ޕެކޭޖަށް އައިސްފައިވާ ބަދަލުތައް ދިރާގު ވެބްސައިޓުގައިވާ “ޕެކޭޖް ޗެކަރ” އިން ބައްލަވާލެވޭނެއެވެ. https://bit.ly/3dsNm9a

ދިރާގު ބިޒް ފައިބަރ ޚިދުމަތަކީ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެންމެ ރަނގަޅު ސްޕީޑް، އެންމެ ގިނަ އެލަވަންސް އަދި އެ އެލަވަންސަށް ލިބޭ އެންމެ ހެޔޮ އަގުގައި ފޯރުކޮށްދޭ އިންޓަނެޓް ޚިދުމަތެވެ. އެގޮތުން ދިރާގު ބިޒް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަކީ އެންމެ ކުދި ވިޔަފާރި ތަކުން ފެށިގެން އެންމެ ބޮޑު ވިޔަފާރިތަކުގެ އިންޓަނެޓް ބޭނުންތަކަށްވެސް އެށީގެންވާ ގޮތަށް ފަރުމާކޮށްފައިވާ ޕެކޭޖެތަކެކެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ. އެގޮތުން ރާއްޖޭގެ ގޭބިސީގެ 80% މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ. ދިރާގުގެ މަޤްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާއި ތަނަވަސްކަން ގެނެސްދީ، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޕެކޭޖްތައް ފުރިހަމަކުރަމުން ގެންދިޔުމެވެ.

ބިޒް ފައިބަރގެ ޕެކޭޖްތަކާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް https://bit.ly/3xiFezZ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close