ސެކިއުލާރ ބިލް ކުށްވެރިކޮށް މީދޫ ކައުންސިލުން ބަޔާނެއް ނެރެފި
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ “ދީނީ ހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް” ފަރުމާކޮށްފައިވާ ސެކިއުލަރ ބިލް ކުށްވެރިކޮށް މާޅޮސްމަޑުލު އުތުރުބުރީ މީދު ކައުންސިލުން މިއަދު ބަޔާނެއް ނެރެފިއެވެ.
މީދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ “ދީނީ ހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް” ފަރުމާކޮށްފައިވާ ސެކިއުލަރ ބިލް މިރަށުގެ ރައްޔިތުންނާއި މި ކައުންސިލުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެ ބިލްގެ ސަބަބުން ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަމުގެ ޙައްޤަށް ހުރަސް އެޅިގެންދާކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އިސްލާމީ ޤައުމެއްގެ ޙައިޞިއްޔަތުން ރައްޔިތުން މަޖިލީހުގެ އެންމެހާ މެމްބަރުންނަށް ސެކިއުލަރ ބިލަށް ވޯޓް ނުދެއްވުމަށް އެރަށުގެ ރައްޔިތުންނާއި އެ ކައުންސިލްގެ ނަމުގައި ގޮވާލާކަމަށް އެ ބަޔާން ނިންމާލަބުން ބުނެފައިވެއެވެ.
އަދި ދިވެހި އެންމެހާ ރައްޔިތުންވެސް ވަކިވަކިން އެ ރައްޔިތަކު ނިސްބަތްވާ ދާއިރާގެ މެމްބަރުގެ ކިބައިންވެސް އެ ބިލަށް ވޯޓް ނުދިނުމަށް އެދޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސާބަހޭ މީދޫ ކައުންސިލް. ވަރަށް ހީވޭ ސަރުކާރުގެ ދަނޑި ދޮންވާހެން އެބަ.