ޚަބަރު

މިއަދުވެސް މިވަނީ ރާއްޖެއިން ރެކޯޑް ޢަދަދަކަށް ކޮވިޑް ކޭސް ފެނިފައި

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް އަދަދު މިއަދުވެސް މިވަނީ ރެކޯޑް ޢަދަދަކަށް އިތުރުވެފައެވެ.

މިއަދު ކޮވިޑް-19 އަށް ޓެސްޓު ކުރި 7259 ސާމްޕަލްގެ ތެރެއިން 2194 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިއަދުގެ އަދަދުތައްވެސް އެޗްޕީއޭއިން ހާމަކޮށްފައިވަނީ ބެކްލޮގާއި އެކުގައެވެ.

މިއަދު ފައްސިވިކަން އިއުލާންކުރި މީހުންގެ ތެރެއިން 1698 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 467 މީހުން، އަދި ރިސޯޓްތަކުން ފައްސިވި 29 މީހަކު ވެސް މިއަދު ފައްސިވިކަން އިއުލާން ކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.

ރާއްޖެ އިން ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 280 މީހަކު މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އެބަތިއްބެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައިވާ މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވީ %30.22 މީހުންނެވެ. އެހެންކަމުން ޓެސްޓް ކުރި ނިސްބަތައް ބަލާއިރު މިއަދު ފައްސިވި އަދަދާއި އިއްޔެ ފައްސިވި އަދަދު ވެސް ހުރީ ގާތްގަނޑަށް އެއްވަރެއްގައެވެ. އިއްޔެ ކުރި ޓެސްޓްތަކުން ފައްސިވީ %31 މީހުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close